ދިވެހި ބަހަކީ ދިވެހިވަންތަ ކަމުގެ ބިންގާ: ރައީސް މައުމޫން

ދިވެހި ބަހަކީ ދިވެހިވަންތަކަމުގެ ބިންގާ ކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަ ކުރަމުން އަންނަ ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައި ރައީސް މައުމޫން ވަނީ ދިވެހި ރައްޔިތުންނަށާއި ދިވެހި ބަހަށް ލޯބި ކުރާ ހުރިހާ އެންމެންނަށް ދިވެހި ބަހުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.
"ދިވެހި ބަހަކީ ދިވެހިވަންތަކަމުގެ ބިންގާ. ދިވެހިބަހުގެ ދުވަހުގެ ތަހުނިޔާ ލޮބުވެތި ދިވެހި ރައްޔިތުންނަށާއި ދިވެހި ބަހަށް ލޯބި ކުރައްވާ އެންމެހައި ފަރާތް ތަކަށް ދަންނަވަން." ރައީސް މައުމޫން ވިދާޅުވިއެވެ.
މިއަދު ފާހަގަ ކުރަމުން އަންނަ ދިވެހިބަހުގެ ޝިއާރުގެ ގޮތުގައި ހަމަޖައްސާފައި ވަނީ "ފޮތް ކިޔުމާއި މުއާމަލާތުކުރުން، އިސްކަން ދިވެހި ބަހަށް" އެވެ. މިޝިއާރު ބާރު އަޅަނީ ދިވެހި ބަހުން ލިޔެފައިވާ ފޮތްތައް ކިޔުމާއި ދިވެހި ބަހުން މުއާމަލާތު ކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ