މާލޭ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ވެސް ކަރަންޓް ކެނޑިއްޖެއެވެ.
ދޭތެރެ ދޭތެރެއިން މާލެ އިން ކަރަންޓް ކެނޑުމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިފައި އޮންނަތާ ދުވަސްތަކެއް ފަހުން އަނެއްކާވެސް ފަހަކަށް އައިސް މާލޭ އިން ދަނީ ކަރަންޓް ކެނޑެމުންނެވެ.
މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވެސް މާލޭގެ ބައެއް ސަރަހައްދުތަކުން ގިނަ އިރުތަކެއް ވަންދެން ކަރަންޓް ކެނޑުނެވެ.
މާލެ އަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދޭ ސްޓެލްކޯ އިން ބުނީ ކަރަންޓް ކެނޑުނު ސަރަހައްދުތަކަށް ކަރަންޓް އަލުން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިއަދު ކަރަންޓު ކެނޑުނު ސަރަޙައްދުތަކަށް އަލުން ކަރަންޓު ދޭން ފަށާފައި ވަނީ މެންދުރު 12:53 ހާއިރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ