ނޫސްވެރިކަމުގެ މިނިވަންކަމުގެ އަސާސްތައް ކުރިޔަށް އޮތްތަނުގައިވެސް ދަމަހައްޓަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެއްވައިފިއެވެ.
ދިވެހިރާއްޖޭގައި އަދުލު އިންސާފް ޤާއިމްކޮށް ސުލްހަ މަސަލަސްކަން ދަމަހައްޓަން ނޫސްވެރިކަމުގެ މިނިވަންކަން އޮތުން މުހިންމު ކަމަށް ހަމީދު ވިދާޅުވިއެވެ.
މިއަދަކީ ބައިނަލް އަގުވާމީ ނޫސްވެރިކަމުގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މިއަދުގެ ޝިއާރަކީ "ޖާނަލިޒަމް ވިތްއައުޓް ފިއާ އޯ ފޭވާ" ނުވަތަ ވަކި ކޮޅަކަށް ނުޖެހި ބިރަކާ ނުލައި ނޫސްވެރިކަން ކުރުމެވެ.
މިދުވަހުގެ މުނާސަބަތުގައި ސީޕީ ހަމީދުވަނީ މީޑިޔާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ސޯޝަލްމީޑިޔާ މެދުވެރިކޮށް މެސެޖެއް ފޮނުވާފައެވެ. މިމެސެޖުގައި ކުރިޔަށް އޮތްތަނުގައިވެސް ނޫސްވެރިކަމުގެ މިނިވަންކަން ދަމަހައްޓާނެކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ފުލުހުންނާއި މީޑިޔާއާ އޮތް ގުޅުން ކުރިޔަށްވުރެ ރަގަޅުކުރަން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަންދެއްވިއެވެ.
ރައްޔިތުންނަށްޓަކައި މީޑިޔާތަކުން ކުރައްވާ ޚިދުމަތްތައް ފާހަގަކޮށް ޝުކުރުއަދާކުރެއްވިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަން ދަމަހައްޓާނެކަމުގެ ޔަގީންކަން ސީޕީ އަހުމަދު ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ