ބައެއް ގައުމުތަކުގެ ހާލަތު ރަނގަޅު ވެދާނެ ކަމުގެ އުއްމީދު އާވިއިރު އެމެރިކާގެ ހާލަތު އިތުރަށް ގޯސް

ކޮވިޑް-19 އެންމެ ބޮޑަށް ފެތުރި، ގިނަ ބަޔަކު މަރުވެފައިވާ އިޓަލީވިލާތާއި، ސްޕޭން އަދި ފަރަންސޭސި ވިލާތުގެ ހާލަތު ރަނގަޅު ވެދާނެ ކަމުގެ އުއްމީދު މިއަދު އާވެއްޖެއެވެ. ނަމަވެސް އެމެރިކާގެ ހާލަތު އިތުރަށް ގޯސްވެ، އަދިވެސް ބިރުވެރިކަން ދަނީ އިތުރުވަމުންނެވެ.
މިހާތަނަށް 1,259,799 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރެއިން 68,419 މީހުން ވަނީ މަރުވެފައެވެ. މިހާތަނަށް ބަލިން ރަނގަޅުވީ 259,930 މީހުންނެވެ. މިއަދު މިހާތަނަށް 58,346 މީހުން ފައްސިވެ، 3,731 މީހުން ވަނީ މަރުވެފައެވެ.
މިއަދު މިހާތަނަށް އެމެރިކާ އިން 18906 މީހަކު ފައްސިވެ، އެގައުމުން ފައްސިވި މީހުންގެ ޖުމްލަ ވަނީ 330263 އަށް އަރާފައެވެ. މިއަދު މިހާތަނަށް 992 މީހުން އެމެރިކާ އިން ވަނީ މަރުވެފައެވެ. އެމެރިކާ އިން މަރުވި މީހުންގެ ޖުމްލަ މިހާރު 9444 އަށް އަރައެވެ.
އިނގިރޭސިވިލާތުން މިއަދު މަރުވި މީހުންގެ އަދަދު އިއްޔެ އަށް ވުރެ މަދުވި ނަމަވެސް، މިހާތަނަށް އެގައުމުން އެންމެ ގިނަ މީހުން ފައްސިވީ މިއަދުއެވެ. އެހެންކަމުން ހާލަތު ރަނގަޅު ވަމުން އަންނަ ކަމަށް ބުނަން އަދި މާއަވަހެވެ. އިނގިރޭސިވިލާތުން މިހާރު ދަނީ ޓެސްޓް ކުރުމުގެ ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރު ކުރަމުންނެވެ.
ރާއްޖެ އިން މިއަދު ލިބުނު ޚަބަރުތަކަށް ބަލާއިރު ކާފިއު އިއުލާން ކޮށްފައި އޮތް ވަގުތު ބޭރުގައި އުޅުނު މީހަކު މިއަދު ވަނީ ޖޫރިމަނާ ކޮށްފައެވެ.
ކޮވިޑް-19 ފެތުރެން ފެށިފަހުން ގެވެށި އަނިޔާގެ މައްސަލަތައް އިތުރު ވެފައިވާކަން ފާހަގަ ނުކުރެވޭ ކަމަށް މިރޭ ޖެންޑާ މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ރިސޯޓްތަކާއި ސަފާރީތަކުން މީހުން ފޭބުމުގެ ހުއްދަ ދޭން މިހާރު ވަނީ ފަށާފައެވެ.
ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ