މޫސުން ގޯސްވާނެކަމަށް ލަފާ ކުރެވޭތީ ޔެލޯ އެލާޓް ނެރެފި
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މ. އަތޮޅާއި ލ. އަތޮޅާ ދެމެދުގެ ރަށްތަކަށް ރީނދޫ އެލާޓް ނެރެފި އެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ މި ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އެލާޓް ނެރެފައިވަނީ މިއަދުގެ 13:10 އިން 17:0 އަށެވެ. މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވެ ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ދުރާލައި ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ