އަލީ ވަހީދު އެމްޑީޕީއަށް - ގާސިމަށް ބަސް އުކަނީ ގާސިމް ރީތިވީމަ

ބައެއް ޕޯޑިއަމްތަކުގައި ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމަށް ހަޅޭލަވާ ހަދަނީ ކީއްވެކަން އެނގިވަޑައިގަންނަވާ ކަމަށާއި ގާސިމަށް "ބަސް އުކަނީ ސިޔާސީ ގޮތުން" ގާސިމް "ރީތި ވުމުން" ކަމަށް ޓޫރިޒަމް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
މާމިގިލީގައި ރޭ ބޭއްވި ގާސިމްގެ ކެމްޕެއިން ލޯންޗުކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި މިހާރު އޮތް ކޯލީޝަނުން އެކުގައި ގުޅިގެން މަސައްކަތްކޮށް އިންތިހާބު ކާމިޔާބު ކުރީ ވަރަށް ބޮޑު ފިންތުންތަކަކާއެކު ކަމަށެވެ.
"އިންތިހާބު ކާމިޔާބުވުމަށް ފަހު، ކޯލިޝަން ސަރުކާރުގެ ވައުދުއަށް ފުއްދުމަށް ކޯލިޝަންގެ ބައިވެރިން ސާބިތުވެ ތިބުމަކީ ކޯލިޝަން ބައިވެރިންގެ ވަރަށް ބޮޑު ޒިންމާއެއް" އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހިދު ވިދާޅުވީ، ކައިރި މާޒީގައި ރައްޔިތުން ކުރި ތަޖުރިބާއިން ސަރުކާރަކަށް ރައްޔިތުންގެ މަޖިލީހުގައި ސުޕަ މެޖޯރިޓީއާއި މަނޯރިޓީ ލިބުމުން ވީގޮތް އެނގިއްޖެ ކަމަށެވެ.
"ރައްޔިތުންގެ ސިކުޑިއާއި ހިތައް އިތުރަށް "ވައުޟު" ވިދާޅުވާކަށް ނުޖެހޭ އަޅުގަނޑުމެން ކިތަންމެ ވަރަކަށް އަތަށް ލައިގެން ދުނބުރިއެއް އަނބަކަށް ވާނެ ކަމަށް ބެލިޔަސް ދުނބުރިއެއް ވާނީ ދުނބުރިއަކަށް،" އަލީ ވަހީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ޕޯޑިއަމުތަކުގައި އާއި މީސް މީޑިއާގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ލީޑަރު ގާސިމަށް ފާޅުގައި ފާޑު ކިޔަމުން ދާއިރު ރޭގެ ޖަލްސާގައި ގާސިމް ވިދާޅުވީ ކޯލިޝަންގެ އެއްބަސްވުމުގައި އޮތް ގޮތައް 22 ގޮނޑި ޖޭޕީއަށް ދިނުމަށް ރައީސް ޞާލިހް ބޭނުންފުޅުވެ ވަޑައިގެންނެވި ކަމަށާއި ނަމަވެސް އެކަން ކާމިޔާބުނުވީ "ކޮން ބޭފުޅެއްގެ ސަބަބުން ކަން" އެނގިވަޑައިގަންނަވާ ކަމަށެވެ.
ކޯލިޝަންގެ ބައިވެރިންނަށް ގޮނޑިތައް ދިނުމަށް ނަޝީދު ވަނީ ދެކޮޅު ހައްދަވާފައެވެ. ހުރިހާ ދާއިރާއަކަށް އެމްޑީޕީ ކެންޑިޑޭޓުން ނެރެން އެޕާޓީގެ ގައުމީ މަޖިލީހުން ނިންމީ އެގޮތައް ނިންމައި ދިނުމަށް ނަޝީދު އެދިވަޑައިގެންނެވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ