ގާސިމް ފަދަ ޖަވާހިރެއް ކެންޑިޑޭޓުން ތެރޭގައި ނެތް، ހޮއްވަވާ ދެއްވާ: ނަހުލާ
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފަދަ ކެންޑިޑޭޓެއް މިފަހަރު މަޖިލީހަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރޭގައި ނުހުންނާނެ ކަމަށާއި "ގާސިމް ފަދަ ޖަވާހިރެއް ނުލިބޭނެ" ކަމަށް ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ. މިހާރުވެސް މާމިގިލީ ދާއިރާގެ މެމްބަރުކަން ކުރައްވާ ގާސިމް މިފަހަރު މަޖިލީހުގައިވެސް ވާދަކުރައްވަނީ މާމިގިލީ ދާއިރާއަށެވެ. ގާސިމްގެ ކެމްޕެއިން ލޯންޗުކުރުމަށް މިހާރު މާމިގިލީގައި ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަހުލާ ވިދާޅުވީ ގާސިމްއަކީ ލިބިފައިވާ ނިއުމަތެއް ކަމަށާއި އެކަމުން މަހުރޫމު ނުވެ އަވަހަށް ގާސިމް ހޮއްވަވައި ދިނުމަށް އެދޭ ކަމަށެވެ. " އަޅުގަނޑު ދަންނަވާލަން އޮތީ މިފަދަ (ގާސިމް ފަދަ) ދެވަނަ ކެންޑިޑޭޓެއް. މި ދާއިރާ ކީއްކުރަން ހޮވާލާފައި ކުރިމަތިލާފައި ތިބި ހުރިހާ ބޭފުޅުންނަށް ގޮން ޖައްސަވާފައި މި ދަންނަވަނީ ލަހިކެއް ނޫން ނެރޭކަށް. މިފަދަ ދެވަނަ ޖަވާހިރެއް ނުލިބޭނެ. ހެޔޮހިތުން ރުހުމާއެކު ތިބޭފުޅުން ވޯޓު ލައްވަވައިގެން މި ނިއުމަތުން މަހުރޫމު ނުވެ އަވަހަށް ގާސިމް ހިއްވަވާ ދެއްވާ." ގާސިމްގެ އަނބިކަނބަލުން ނަހުލާ ވިދާޅުވި އެވެ. ގާސިމަކީ އެމީހަކަށްޓަކައި އދ އަތޮޅާއި މުޅި ރާއްޖެވެސް ފަހުރުވެރިވާނެ ބޭފުޅެއް ކަމަށް ނަހުލާ ވިދާޅުވި އެވެ. ހިތްތިރިކަމާއި އޯގާތެރިކަން އެ ބަސް އައީވެސް ގާސިމްގެ ފަރާތުން ކަމަށް ނަހުލާ ވިދާޅުވި އެވެ. މީހުންނަށް އެހީތެރިވުމާއި އޯގާތެރިވުމާއި މީހުން ދެކެ ލޯބިވުން ދަސްވެ ހާލުގައި ޖެހިފައިވާ މީހުން ފެނުނީމަ ކުރާ އަސަރު އޭނާއަށް އިހުސާސްވީ ގާސިމްގެ ފަރާތުން ކަމަށްވެސް ނަހުލާ ވިދާޅުވި އެވެ. "އަޅުގަނޑަށް ހަމަ ޔަގީން އަޅުގަނޑޫ ނޫނީ އެހާ ބޮޑު ހައްގަށް ލިބިފައިވާ ފަރާތެއް ނެތް ކަންކަންނޭންގެ ގާސިމްގް ފަހަތުގައި ނުކުންނަން. ކޮންމެ ހައިސިއްޔަތަކުން ވިޔަސް. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް އޮތް ނަމަވެސް އަޅުގަނޑު ދަންނަވާނީ ގާސިމާ އަޅުގަނޑާ ވަތްކެއް ނުވާނޭ." ނަހުލާ ވިދާޅުވި އެވެ. މިރޭ މާމިގިލީގައި ކުރިއަށްދާ ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިއްބަވާ މިނިސްޓަރުންނާއި ނައިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. ގާސިމްގެ ކެމްޕެއިން ލަވައެއްގެ ގޮތުގައި މިރޭ ލޯންޗުކޮށްފައިވަނީ "ދިވެހި ބިން މީ އުފަން މަގޭ ބިން" އެ ލަވަ އެވެ. އެ ލަވައަކީ މަރުހޫމު ޔޫސުފް މުހައްމަދުފުޅު (އެދުރުބެ) ހައްދަވާފައިވާ ލަވަ އެކެވެ. "ދިވެހިންގެ ބިން ދިވެހިންނަށް" އެއީ ގާސިމްގެ ކެމްޕެއިން ސްލޯގަން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ