ގާޒީ ޖަމީލް އިސްތިއުފާ ދެއްވައިފި

ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ ޖަމީލް އިސްތިއުފާ ދެއްވައިއެވެ.
ގާޒީ ޖަމީލް އިސްތިއުފާ ދެއްވި ސަބަބު އަދި ހާމައެއް ނުކުރައްވައެވެ. އެނާ މަސައްކަތް ކުރެއްވީ އެ ކޯޓުގެ ޑިސްޕިއުޓު ރިސޮލިއުޝަން ސެކްޝަނުގައެވެ.
ގާޒީ ޖަމީލް އިސްތިއުފާ ދެއްވާފައިވާއިރު، ވެރިކަން ކުރާ ކޯލިޝަނުގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީން ވަނީ ޖުޑީޝަރީ އިސްލާހު ކުރުމަށް މަޝްވަރާކޮށްފައެވެ. އަދި މި ދުވަސްވަރަކީ ޝަރުއީ ދާއިރާގެ އިސްވެރިންނާއި ސިޔާސީ ބައެއް ފަރާތްތަކާމެދު ބަހުގެ ހޫނު ހަމަލާތަކެއް ތަފާތު ފޯރަމްތަކުގައި ބަދަލުކުރަމުން އަންނަ ދުވަސްވަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ