އެލައިޑްއިން ހަތަރު ދުވަސް ތެރޭ ބަދަލުގެ ގޮތުގައި ހަ މިލިއަން ދީފި

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިންޝުއަރެންސްގެ ހިދުމަތް ދެމުން އަންނަ އެލައިޑް އިންޝުއަރެންސްއިން ހަތަރު ދުވަސް ތެރޭގައި ކްލައެންޓުންނަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ހަ މިލިއަން ރުފިޔާ ދީފިއެވެ. މެއި މަހުގެ 19 ވަނަ ދުވަހުން ފެށިފެން 23 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނިން ކްލަޔަންޓުންނަށް ބަދަލުގެ ގޮތުގައި 6،350،000 ރުފިޔާ ދީފައިވާކަން އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. މިއީ ފާއިތުވި މަސްތަކުގެ ތެރޭގައި އެ ކުންފުނިން ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާއާ އަޅާ ބަލާއިރު ބޮޑު އަދަދެކެވެ. ފަހަކަށް އައިސް އެލައިޑުން އަންނަނީ އެ ކުންފުނިން ބަދަލުގެ ގޮތުގައި ދޭ ފައިސާގެ އަދަދު އާންމު ކުރަމުންނެވެ. އެގޮތުން އެ ކުންފުނިން އާންމުކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި، މެއި މަހުގެ 12 އިން 15ގެ ނިޔަލަށް 550،000 ރުފިޔާ ބަދަލުގެ ގޮތުގައި ކްލަޔަންޓުންނަށް ދީފައިވެއެވެ. އަދި އެ މަހުގެ ފަސް ވަނަ ދުވަހުން ނުވަ ވަނަ ދުވަހުގެ ނިޔަލަށް 1،487،000 ރުފިޔާ ބަދަލުގެ ގޮތުގައި ދީފައިވާ އިރު މާޗް 24 އިން 28 އަށް 4،600،000 ރުފިޔާ ބަދަލުގެ ގޮތުގައި ދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ