އަބްދުﷲ ދީދީ ސަސްޕެންޑު ކުރަން ނިންމި ނިންމުން ދެމި އެބައޮތް: ޖޭއެސްސީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑުކުރަން ނިންމި ނިންމުން ދެމި އެބައޮތް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ. ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ނިންމި ނިންމުން ތަންފީޒު ކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން މިއަދު ވަނީ އަމުރެއް ނެރިފަ އެވެ. އެ އަމުރު ނެރުނީ އަބްދުﷲ ދީދީގެ ފަރާތުން ދުސްތީ މައްސަލައެއްގެ ގޮތުގައި އެމައްސަލަ މިއަދު ސުޕްރީމް ކޯޓުށް ހުށަހެޅުއްވުމުންނެވެ. އެކަމާ ގުޅިގެން މިރޭ ޖުޑިޝަލް ސާވިސް ކޮމިޝަނުން ބޭއްވި ކުއްލި ބައްދަލުވުމެއްގައި ނިންމާފައިވަނީ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން އެ ކޮމިޝަނުން ނިންމި ނިންމުން ދެމިއޮތް ކަމަށެވެ. އެގޮތަށް ނިންމާފައިވަނީ މިރޭ ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ހަތް މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންގެ އަޣުލަބުއްޔަތުންނެވެ. މިރޭ ޖޭއެސްސީއިން ބޭއްވި ބައްދަލުވުމުގެ ރިޔާސަތު އެންމެ ފުރަތަމަ ބެލެހެއްޓެވީ އެ ކޮމިޝަނުގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފު އެވެ. ނަމަވެސް އަރީފުގެ މަސްލަހަތު ފުށުއަރާ ކަމަށް އެކޮމިޝަނުގެ މެމްބަރަކު ހުށަހަޅާ އެގޮތަށް ފާސްވުމުން އަރީފު ވަނީ ބައްދަލުވުން ދޫކުރައްވާ ވަޑައިގެންފަ އެވެ. ތަފްސީލުއަންނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ