އެންމެ ފުރިހަމަގޮތުގައި މަސްއޫލިއްޔަތު އަދާކުރާނަން: މައުމޫން

ބާ ކައުންސިލްގެ ރައީސްކަމަށް އިންތިހާބު ކުރައްވައި، ހަވާލުކުރެއްވި މަސްއޫލިއްޔަތު އަދާކުރެވޭ އެންމެ ފުރިހަމައަށް އަދާކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަަމަށް ބާ ކައުންސިލްގެ އެގެޒެކެޓިވް ކޮމެޓީގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
ބާަކައުންސިލްގެ އިންތިހާބު ކުރެއްވުމާ ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އޭނާއަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓް، ރިޓްވީޓް ކުރައްވައި މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ ގާނޫނީ ފަންނުގައި އަހުންނާއި އުހުތުން އޭނާއާ ހަވާލުކުރެއްވި މަސްއޫލިއްޔަތު އަދާކުރެވޭ އެންމެ ފުރިހަމައަށް އަދާކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.
މައުމޫންހަމީދަށް މަރުހަބާ ވިދާޅުވެ ރައީސުލް ޖުމްހުރިއްޔާ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، ބާ ކައުންސިލްގެ ފުރަތަމަ ރައީސަކަށް އިންތިހާބުވެ ވަޑައިގަތް، އަލްއުސްތާޒު މައުމޫން ހަމީދަށް، ތަހުނިޔާ ވިދާޅުވާ ކަމަށެވެ. އަދި ކައުންސިލްގެ އެހެން މަގާމުތަކަށް އިންތިހާބުވެ ވަޑައިގެންނެވި މެންބަރުންނަށް ވެސް ތަހުނިޔާ ދަންނަވާކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ، ރާއްޖޭގެ ގާނޫނީ ދާއިރާގެ ކުރިއެރުމަށް ބާ ކައުންސިލް މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށެވެ.
ބާކައުންސިލް އިންތިހާބު މައުމޫނު ހަމީދު ކާމިޔާބު ކުރެއްވީ، މަޝްހޫރު ގާނޫނީ ވަކީލު، ކުރީގެ ބަންޑާރަ ނާއިބު، އަދި ގޮތްނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދާ ވާދަކުރައްވައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ