ނަގިލި ނަގަން ފޭބި މީހަކު ގެއްލިއްޖެ

ކ. ގުޅިފަޅު ކައިރީ އަޅާފައި އޮތް ކަންނެލި ދޯންޏެއްގެ ނަގިލި ނަގަން މިއަދު ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
މޯލްޑިވްސް ނެޝަަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ބުނީ ގެއްލިފައި ވަނީ ބަންގްލަދޭޝް މީހެއް ކަމަށާއި ނަގިލި ނަގަން ފޭބުމަށް ފަހު އޭނާގެ ހަބަރެއް ނުވެގެން އޭނާ ހޯދަން މާލެ އޭރިއާގެ ކޯސްޓްގާޑުގެ ޑައިވަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އޭނާ ގެއްލިގެން ދޯނިން ފުރަތަމަ ރިޕޯޓްކުރީ މިއަދު ހެނދުނު 8:52 ގައި ފުލުހުންނަށެވެ.
އެ ހާދިސާއާ ބެހޭ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.
މާލެ ސަރަހައްދާއި ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ވެސް މިއަދު މޫސުން ގޯހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ