ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ 14 އަހަރުން ދަށުގެ އިންޓަ ސްކޫލް ކަޕް އަންނަ އާދީއްތަ ދުވަހު ފެށުމަށް ތަައްޔާރުވެއްޖެ އެވެ.
ކުޅިވަރު އެކުވެނީ ކްރިކެޓް ދަނޑުގައި ބާއްވާ މި މުބާރާތުގައި ޖުމްލަ ހަތް ސުކޫލް ވާދަކުރެއެވެ. އެއީ މުހްޔިއްދީން ސްކޫލާއި ޖަމާލުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލާއި ހިރިޔާ ސްކޫލުގެ އިތުރުން ތާޖުއްދީން ސްކޫލާއި ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލް އަދި މަޖީދިއްޔާ ސްކޫލެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ މުހްޔިއްދީން ސްކޫލާއި ޖަމާލުއްދީން ސްކޫލެވެ. އަދި އެ ދުވަހު ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ އިސްކަންދަރު ސްކޫލާއި ހިރިޔާ ސްކޫލެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ޖުލައި 13 ވާ ހޮނިހިރު ދުވަހުގައެވެ. ފައިނަލަށް ހޮވޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭ ދުވަހު ހާއްސަ ކާނިވަލް އެއް ބޭއްވުމަށް ކްރިކެޓް ބޯޑުން ވަނީ ނިންމާފައެވެ. އެގޮތުން 12 އަހަރުންދަށަށް ހުޅުވާލައިގެން ބާއްވާ މި ކާނިވަލްގައި ކްރިކެޓާއި ގުޅުންހުރި ތަފާތު ހަރަކާތްތަކެއް ކުރިޔަށްދާނެ ކަމަށް ކްރިކެޓް ބޯޑުން މައުލޫމާތުދެއެވެ.
އިންޓަސްކޫލް ކަޕުގައި އެންމެ މޮޅު ފަސް ކުޅުންތެރިން ހޮވުމަށް ހަމަޖެހިފައިވާއިރު ޗެމްޕިއަން އަދި ރަނަރަޕް ޓީމަށްވެސް ހާއްސަ އިނާމްތަކެއް ދިނުމަށް ވަނީ ނިންމާފައެވެ.
ހަތް ސުކޫލާއެކު އިންޓަ ސްކޫލް ކްރިކެޓް މުބާރާތް ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ