ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގައި އައިވަރީ ކޯސްޓް ބަލިކޮށް، ނޯވޭ އިން ގަދަ 16 އިން ޖާގަ ހޯދައިފިއެވެ.
އެމެރިކާގެ ޑަލަސް ސްޓޭޑިއަމްގައި މިރޭ ކުޅުނު ގަދަ 32 ގެ ބުރުގެ މެޗުގައި އައިވަރީ ކޯސްޓް އަތުން ނޯވޭ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފު ދިޔައީ ވަރަށް ހަމަހަމަ ހާފެއްގެ ގޮތުގައެވެ. ދެ ޓީމުން ވެސް އެޓޭކަށްފަހު ވަރަށް ބޮޑަށް ޑިފެންސަށް އިސްކަން ދެމުން ދިޔަ އިރު، ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. އައިވަރީ ކޯސްޓްގެ ހަލުވި އެޓޭކުގެ ބޭނުން ހިފުމަށް އެޓީމުން މަސައްކަތްކުރަމުންދިޔަ އިރު، ނޯވޭ އިން އެޓީމުގެ އެޓޭކަރުންގެ އިސްކޮޅު ބޭނުންކުރުމަށް މަސައްކަތްކުރަމުންދިޔައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް، ނޯވޭ އިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ނޯވޭއަށް ލީޑު ލިބިގެންދިޔައީ އެންޓޯނިއޯ ނޫސާ، ޕެނަލްޓީ އޭރިއާ ތެރެއިން ގޯލުގެ ކަނަކަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ނޯވޭ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި އައިވަރީ ކޯސްޓުން ވަރަށް ބޮޑަށް ކުރިއަށްޖެހި އެޓޭކުގައި މަސައްކަތް ކުރަމުންދިޔަ އިރު، ނޯވޭ އިން މަސައްކަތްކުރީ ފަހަތަށް ފައިބައިގެން އެ އެޓޭކުތައް ހުއްޓުވުމަށެވެ. އައިވަރީ ކޯސްޓުގެ މަސައްކަތް ކާމިޔާބުވީ މެޗުގެ 74 ވަނަ މިނެޓުގައި އަމަދް ޑިއާލޯގެ ހުނަރުވެރިކަމާއެކު ޖެހި ގޯލުންނެވެ. އެ ގޯލާއެކު ނަތީޖާ ހަމަހަމަވެގެންދިޔައެވެ.
އައިވަރީ ކޯސްޓަށް ހިތްދަތިކަން ލިބިގެންދިޔައީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް، ނޯވޭގެ ފޯވަޑް އާލިން ހާލަންޑް ފަސޭހަކަމާއެކު ޖެހި ގޯލާއެކުއެވެ. އެ ގޯލަކީ މި ވޯލްޑް ކަޕްގައި އޭނާ ޖެހި ފަސްވަނަ ގޯލެވެ. އޭނާ މިވަނީ ކުޅެން ނުކުތް ތިން މެޗުގައި ވެސް ގޯލު ޖަހައިފައެވެ.
ނޯވޭ އިން ގަދަ 16 ގައި ނުކުންނަން ޖެހޭނީ ފަސް ފަހަރުގެ ޗެމްޕިއަން ބްރެޒިލާ ދެކޮޅަށެވެ.
ވޯލްޑްކަޕް ވޯލްޑްކަޕް ހާލަންޑަށް ހުއްޓުމެއް ނެތް، ނޯވޭ ގަދަ 16 އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ