ޝަރުއީ ދާއިރާގެ މައްސަލަތަކާ ގުޅޭ ގޮތުން ފޯރަމެއް ބާއްވަނީ

ޝަރުއީ ދާއިރާގައި ހުރި އެކި މައްސަލަތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ފޯރަމެއް ބާއްވަންނިންމައިފި އެވެ.
ގާނޫނީ ވަކީލު ހަސަން ފަޔާޒް ވިދާޅުވީ ވަކީލުން އިސްނަގައިގެން އެ ފޯރަމް ބާއްވަނީ ފަހަކަށް އައިސް ޝަރުއީ ދާއިރާ އަށް މީހުންގެ ފާޑުކިޔުންތައް އަމާޒުވެ، އެކި ކަންކަމާ ގުޅުވައިގެން ވާހަކަތައް ދައްކާތީ އެކަންތަކާ ގުޅޭ ގޮތުން އާއްމުންނާ މަޝްވަރާ ކުރުމަށް ކަމަށެވެ.
މާދަމާ ރޭ ޒުވާނުންގެ މަރުކަޒުގައި ބާއްވާ މި ފޯރަމަށް ބޭނުން ކޮންމެ މީހަކަށް ވެސް ވަދެވޭނެ ކަމަށް ފަޔާޒް ވިދާޅުވި އެވެ. އަދި ކޯޓުތަކުގައި ހުރި އެކި މައްސަލަތަކާ ގުޅޭ ގޮތުން ކޮންމެ މީހަކަށް ވެސް ވަކީލުންނާ ވާހަކަ ދެއްކޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާނޫނު އަސާސީގައި ބާރުތައް ވަކިކޮށްފައި އޮންނަ އިރު އެންމެ ބޮޑު ބާރެއް ދީފައި މި އޮންނަނީ ރައްޔިތުންނަށް. އެހެންކަމުން އަޅުގަނޑުމެން ބޭނުންވީ ރައްޔިތުންނާ ގުޅިގެން ފަނޑިޔާރު ގޭގެ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް،" ފަޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ފޯރަމުގައި ވަކީލުންގެ އިތުރުން އަމިއްލަ ޖަމިއްޔާތަކުން ވެސް ބައިވެރިވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ