އޮޑިޓަ ޖެނެރަލް އިބްރާހިމް ނައީމް އެ މަގާމުން ވަކިކޮށްދިނުމަށް އެދި ޑީއާރުޕީ އާއި ޕީއޭއިން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ޑީއާރުޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ރައީސާ އަނީސާ އަހުމަދު ހަވީރަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޮޑިޓަ ޖެނެރަލް މަގާމުން ވަކިކޮށްދެއްވުމަށް އެދި ޑީއާރުޕީ އާއި ޕީއޭގެ 19 މެމްބަރަކު ސޮއިކުރައްވައި މަޖިލީހަށް ހުށަހެޅުއްވީ "އޮޑިޓަ ޖެނެރަލްގެ މަގާމާ އެކަށީގެންނުވާ ގޮތަށް އަމަލުކުރައްވާފައިވާތީ" ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އޮޑިޓް ރިޕޯޓް ނެރުނުއިރު އެކަން ކޮށްފައިވާ ގޮތުން އެބަ އިނގޭ އެއީ ޕޮލިޓިކަލް މޯޓިވޭޝަނެއް އޮވެގެން ކޮށްފައިވާ ކަމެއްކަން. އޭގައި ހުރި ހުރިހާ ވާހަކަތަކަކީ ސަބްސްޓޭންޝަލް )އޮއްޓަރު ހުރި( ވާހަކަތަކެއް ނޫން. މިސާލަކަށް މިވެނި ކަމެއް މިވެނިހެން ވެފައިވާ ނަމަ މިވެނި ގޮތަކަށް އަމަލުކުރަންޖެހޭނެއޭ ވިދާޅުވެފައި އެބަހުރި. އެކަމަކު އެފަދަ ކަމެއް ކުރެއްވި ކަމެއް ބުނެފައެއް ނެތް. ގާނޫނީ ވަކީލުންނާއި އޮޑިޓަރުން ވެސް ވިދާޅުވަނީ މިކަހަލަ ރިޕޯޓެއްގައި ހިމެނޭ ކަންތައްތައް ކަށަވަރުކޮށްފައި ނޫނީ އެ ރިޕޯޓެއް ޝާއިއުނުކުރައްވާނެ ކަމަށް. އަނެއްކާ އޮޑިޓް ރިޕޯޓް ނެރުމުގައި ވަކި ޑެޑްލައިނެއް ނޯވޭ. ކޮންމެހެން ވަކި ގަޑިއެއްގެ ކުރިން ރިޕޯޓް ނެރުމަށް މަސައްކަތް ކުރައްވާފައިވާކަން އަޅުގަނޑުމެންނަށް އެބަ އިނގޭ،" ރައްޔިތުންގެ މަޖިލީހުގެ މ. އަތޮޅުގެ ގޮނޑި ވެސް ފުރުއްވަމުން ގެންދަވާ އަނީސާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓް އޮޑިޓަ ޖެނެރަލް ނެރުއްވާފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބަށް 36 ގަޑިއިރަށް ވެފައި ވަނިކޮށެވެ. އަދި އޭގެ ސަބަބުން، އެ އިންތިހާބުގައި ވާދަކުރެއްވި ޑީއާރުޕީގެ ޒައީމް އަދި ރައީސުލްޖުމްހޫރިއްޔާގެ ހައްގަށް އުނިކަން އައިސްފައިވާ ކަމަށް ސީދާ އެމަނިކުފާނު ވެސް ވިދާޅުވެފައި ވެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮޑިޓް ރިޕޯޓާ ގުޅިގެން، އޮޑިޓަ ޖެނެރަލްގެ ނައީމުގެ މައްސަލަ ބަލައިދިނުމަށް ޑީއާރުޕީންނާއި ޕީއޭއިން ހުށަހެޅި މި މައްސަލައާ ގުޅޭ ގޮތުން ޑީއާރުޕީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ވަނީ ނިއުސްކޮންފަރެންސެއް ވެސް ބާއްވައިފަ އެވެ.
މައުމޫން 2008 ކެމްޕޭނު އޮފީހުގައި ބޭއްވި އެ ނިއުސް ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު އިބްރާހިމް ނާފިޒް ވިދާޅުވީ އެއީ ޕްރޮފެޝަނަލްކޮށް، އޮޑިޓަ ޖެނެރަލް ކުރައްވާފައިވާ އޮޑިޓެއް ނޫން ކަމަށާއި އޭގައި ކަށަވަރުނުވާ ނުވަތަ "މިވެނި ކަމެއްވީ ނަމަ" އަށް ބޭސްކޮށް ގިނަ ކަންތައްތަކެއް ވާ ކަމަށެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މަގާމާ ހަވާލުވެވަޑައިގެންނެވި އޮޑިޓަ ޖެނެރަލް ނައީމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް މައްސަލަ މި ހުށަހެޅީ ގާނޫނު އަސާސީގެ 218 ވަނަ މާއްދާގެ ދަށުންނެވެ. އެއީ އޮޑިޓަ ޖެނެރަލް މަގާމުން ވަކި ކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވާ މާއްދާއެކެވެ. އެ މާއްދާގައި ބުނެފައި ވަނީ އޮޑިޓަ ޖެނެރަލްގެ މަގާމާ އެކަށީގެންނުވާ ފަދަ ކަމެއް ކުރިކަމަށް، ނުވަތަ އެ މަގާމް އަދާކުރުމަށް އުޒުރުވެރިވާ ފަދަ ހާލަތެއް މެދުވެރިވެއްޖެ ކަމަށް ނުވަތަ އެ މަގާމް އަދާކުރުމުގެ ގާބިލްކަން ނެތް ކަމަށް ފެނިއްޖެ ހިނދެއްގައި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުން އޮޑިޓަ ޖެނެރަލްގެ މަގާމުން ވަކިވީ އެވެ.
އޮޑިޓަ ޖެނެރަލް މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް ވަނީ އަށް ރިޕޯޓް ނެރަފަ އެވެ. އަދި މިއަދު ވަނީ ސްޓެލްކޯގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓް ވެސް ނެރެފަ އެވެ.
50: 13
އޮޑިޓާ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި މ. ރަންދޯދި، އިބްރާހިމް ނައީމް (ފޮޓޯ) އެ މަގާމުން ވަކިކޮށްދިނުމަށް އެދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ންނާއި ޕީޕަލްސް އެލަޔަންސް (ޕީއޭ) އިން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ދިވެހި ރައްޔިތުންގެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސާ އަނީސާ އަހްމަދު ވިދާޅުވި ގޮތުގައި އޮޑިޓަރ ޖެނެރަލް އޭނާގެ މަގާމުން ވަކިކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ ސިޔާސީ ފިކުރެއްގައި ކަންކަން ނިންމަވާކަމަށް ގަބޫލުކުރޭތީ ކަމަށެވެ. އަދި މި ކަމާ ބެހޭ ގޮތުން ޑީއާރްޕީން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް މިހާރު އެބަ ކުރިއަށް ދެ އެވެ.
33: 13
އޮޑިޓާ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި މ. ރަންދޯދި، އިބްރާހިމް ނައީމް އެ މަގާމުން ވަކިކޮށްދިނުމަށް އެދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ންނާއި ޕީޕަލްސް އެލަޔަންސް (ޕީއޭ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މަގާމުގެ ބޭނުން އެކަށީގެން ނުވާ ގޮތަށް ހިފާފައިވާ ކަމަށް ބުނެ، އޮޑިޓަ ޖެނެރަލް ވަކިކޮށްދިނުމަށް ދެ ޕާޓީއަކުން މަޖިލީހަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ