ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހަންމަދު ސިފައިން ނުކުމެ "ގެއްލުވާލި" މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ ކަމަށާއި "ވީ އެންމެ އަވަހަކަށް" އޭގެ ރިޕޯޓް ނެރެ ޕްރޮސެކިއުޓަ ޖެނެރަލް އަހުމަދު މުއިއްޒަށް ފޮނުވާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ. 
ކޮމިޝަންގެ ރައީސް މަރިޔަމް އަޒްރާ އެހެން ވިދާޅުވިއިރު، އަބްދުﷲ ގާޒީ "ގެއްލުވާލި" މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދިވަޑައިގެން މީގެ  12 ވަރަކަށް ދުވަސް ކުރިން ޕީޖީ ވަނީ އެ ކޮމިޝަންގައި އެދިވަޑައިގެންފަ އެވެ. 
އަޒްރާ ވިދާޅުވީ އަބްދުﷲ ގާޒީ "ގެއްލުވާލި" މައްސަލަ ފުރަތަމަ ދުވަހުން ފެށިގެން ވެސް ބަލަމުންދާ ކަމަށެވެ. 
"އަޅުގަނޑުމެންނަށް އަމިއްލަ އަށް ވެސް ފާހަގަކުރެވިގެން ދަނީ އެ މައްސަލަ ބަލަމުން. އަޅުގަނޑުމެން އެކަން ކުރިއަށް ގެންދަނީ އާޖަންޓް މައްސަލައެއްގެ ގޮތުގައި ބަލައިގެން،" އަޒްރާ ވިދާޅުވި އެވެ. 
އަޒްރާ ވިދާޅުވި ގޮތުގައި އެ ކޮމިޝަނުން މިހާރު ގެންދަނީ، އަބްދުﷲ ގާޒީ "ގެއްލުވާލި" މައްސަލައިގެ މައުލޫމާތު އެއްކުރަމުންނެވެ. 
އަބްދުﷲ ގާޒީގެ ހާލު ބެލުމަށް އެޗްއާރުސީއެމުން ވަނީ މި މަހުގެ  20 ގައި ގިރިފުއްޓަށް ވެސް ގޮސްފަ އެވެ. އަދި އެ ކޮމިޝަނުން ބުނެފައި ވަނީ އޭނާ ހުންނެވީ "ހެޔޮ ހާލުގައި" ކަމަށެވެ.
    
    އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގެ ތަހުގީގު ކުރިއަށްދޭ: އެޗްއާރުސީއެމް
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
            