ކޮމަންޑޫގެ ޒަމާންވީ އިންޖީނުގެ ބަންދުކޮށް ޒަމާނީ އިންޖީނު ގެއަކަށް، 32 އަހަރު ފަހުން އުފާވެރިކަން

ށ. ކޮމަންޑޫގެ އާ އިންޖީނު ގޭގެ މަސައްކަތް ނިންމައި، އެތަނުން ހިދުމަތްދޭން ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.
ކޮމަންޑޫގެ މީހުން ދިރިއުޅޭ ހިސާބުގައި ހުރި ބާ އިންޖީނު ގެ އިއްޔެ ނިއްވާލަދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއެވެ. އަދި އެއާއެކު އިއްޔެ ހަވީރު، އާ އިންޖީނު ގެއިން ހިދުމަތްދޭން ވަނީ ފަށައިފައެވެ.
އެރަށު ބާ އިންޖީނުގެއަކީ ވޭތުވެ ދިޔަ 32 އަހަރުވެސް އެ ރަށުގެ ރައްޔިތުންނަށް ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރަމުން ދިޔަ އިންޖީނުގެއެވެ. އަދި އެ އިންޖީނު ގެ ހުންނަނީ ރަށުގެ މެދެއްހާ ހިސާބުގައެވެ.
ރަށްރަށުގެ އިންޖީނުގެތައް މީހުން ދިރިއުޅޭ ހިސާބުތަކާ ދުރަށް ގެންދިއުމަކީ ރައީސް ސޯލިހުގެ ވައުދުފުޅެކެވެ. އަދި ފެނަކައާއެކު ގިނަ ރަށްރަށުގެ އިންޖީނުގެތަށް މިހާރު ވަނީ މީހުން ދިރިއުޅޭ ހިސާބުތަކާ ދުރަށް ގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ