ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހާޒިރުވާން އެ ކޯޓުން އޭނާއަށް އަންގައިފިއެވެ.
ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައި، އެ ކޯޓުން އަލީއަށް ފޮނުވި ޗިޓުގައިވާ ގޮތުން، އޭނާ އެ ކޯޓަށް ހާޒިރުވާން އަންގާފައި ވަނީ މާދަމާ ހެނދުނު 9:00 އަށެވެ. އަދި ޗިޓުގައިވާ ގޮތުން، އަލީ ހުސައިން މާދަމާ ކޯޓަށް ހާޒިރު ކުރަނީ، ސުޕްރީމް ކޯޓުގެ ބޭނުމެއްގައެވެ. އެކަމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.
ގާނޫނީ ވަކީލު ކަން ވެސް ކުރައްވާ އަލީ ހުސައިން، މިކަމާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ހީވަނީ އަނެއްކާ ވެސް ސަސްޕެންޑް ކުރަން އުޅެނީ ހެން،" ކަމަށެވެ.
ޝަރުއީ ދާއިރާގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން ފާޅުގައި ފާޑުވިދާޅުވަމުން ގެންދަވާ އަލީ ހުސައިން މީގެ ކުރިން ވެސް ގާނޫނީ ވަކީލުކަން ކުރުމުން ސަސްޕެންޑް ކޮށްފައި ވެއެވެ.
އެ ގޮތުން، ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޑްކޮށްފައި ހުރުމަށްފަހު، މިދިޔަ ފެބްރުއަރީ މަހު އެ ސަސްޕެންޝަން އުވާލިއެވެ. އޭގެ ފަހުން މިދިޔަ މާޗު މަހު އަނެއްކާ ވެސް އޭނާ ސަސްޕެންޑް ކުރިއެވެ. ދެން ސަސްޕެންޝަން އުވާލީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.
އަލީ ހުސައިން ސުޕްރީމް ކޯޓަށް ހާޒިރު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ