ގއ. ވިލިނގިލީގައި ހުންނަ ބީއެމްއެލްގެ ބްރާންޗް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި

ގއ. ވިލިނގިލީގައި ހުންނަ ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ގެންގޮސްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވީނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވިލިނގިލީގައި ހުންނަ ބީއެމްއެލްގެ ބްރާންޗް ފަޅާލި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު ފަތިހު 5:37 ގައި ކަމަށެެވެ.
އޮފިސަރު ވިދާޅުވީ ބޭންކުގެ އެތެރެއަށް ވަދެފައިވަނީ އެތަނުގެ ފުރާޅުގައި ހުރި ބައެއް ޓިނު ނަގައިގެން ކަމަށެވެ. އަދި ގިނަ އަދަދެއްގެ ފައިސާ ވަގަށް ގެންގޮސްފައިވާ ކަމަށާއި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށްވެސް އޮފިސަރު ވަނީ ވިދާޅުވެފަ އެވެ.
މިމައްސަލައިގެ ތުހުމަތުގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
މިމައްސަލައާއި ގުޅިގެން ބީއެމްއެލްގެ ބަހެެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ