އެމްޑީޕީ ތެރެއިން ރައީސް ސޯލިހްގެ ސަރުކާރު ވައްޓާލަން އުޅޭ: ގާސިމް

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ ތެރެއިން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައީސް ސޯލިހްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ސަރުކާރު ވައްޓަލަން އުޅޭ ކަމަށް ސަރުކާރު ކޯލިޝަން އަށް ނިސްބަތްވާ ޖުމްހޫރީ ޕާޓީ ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީީމް ވިދާޅުވެއްޖެ އެވެ. މިއަދު ޖުމްހޫރީ ޕާޓީ އަށް މެމްބަރުންތަކެއް ސޮއި ކުރެއްވުމަށް އެޕާޓީ ގެ އިދާރާ، މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ރައީސް ސޯލީހް ވެރިކަމަށް އައިތާ އަދި ދެމަސް ދުވަސް ވެސް ނުވާ ކަމަށާއި ނަމަވެސް އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީ އިން މަޖިލިސް ތެރެއިން ސަރުކާރު ވައްޓާލައި، ރައީސް ސޯލިހްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމާ ދިމާލަށް އަމާޒު ކޮށްފައިވާ ކަމަށެވެ. "މިހާރު އެޕާޓީ ތެރެއިން ބޮޑު ސިންގާ ފަސާދައެއް އުފައްދާ، އެ ޕާޓީ ތެރެއިން ބޮޑު ސިންގާ ކަންތައްގަނޑެއް ރާވައިގެން، ބޮޑު ސިންގާ ހާއިޖާނެއް ރާވައިގެން އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމާ ދިމާލަށް އަމާޒުކޮށް، ސަރުކާރު ވައްޓާލާ އަނެއްކާ ވަކި މީހަކު ވެރިކަމަށް ގެނައުމަށް ރާވަމުން ގެންދަވާ ކުޅިގަނޑު އަޅުގަނޑުމެން މިތިބިީ ރަނގަޅަށް ބަލަން،" ސަރުކާރު ކޯލިޝަން ހަތަރު ލީޑަރުންގެ ތެރޭގައި ހިމެނޭ އެއް ލީޑަރު ކަމުގައިވާ ގާސިމް ވިދާޅުވި އެވެ. ތަފްސީލު އަންނަނީ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ