ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަރިހަށް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްޢުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސް އޮފީހުން ހާމަކުރައްވާފައިވާގޮތުގައި މި ބައްދަލު ކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ރިޔާސީ އިންތިޚާބު ރައީސް ޞާލިޙް ކާމިޔާބު ކުރެއްވިފަހުން ރައީސް މައުމޫން އާއި ރައީސް ޞާލިޙް ބައްދަލުކުރައްވާ މިއީ ތިންވަނަ ފަހަރެވެ.
މި ބައްދަލުކުރެއްވުމާއި ގުޅޭ އިތުރު މަޢުލޫމާތެއް ރައީސް އޮފީހުން ހިއްސާ ކުރައްވާފައެއް ނުވެއެވެ.
ރައީސް ސާލިޙްގެ އަރިހަށް ރައީސް މައުމޫން ޒިޔާރަތް ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ