ކުއްޖަކާ ބެހުނު މައްސަލައެއްގައި ހޯދާ މީހާ ކޮލަމާފުށިން ހައްޔަރުކޮށްފި

ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލި މީހާ މިއަދު އަލުން ހައްޔަރުކޮށްފި އެވެ.މިއަދު މެންދުރުފަހުގެ ވަގުތެއްގައި ބިޝާރު ހައްޔަރުކުރީ ގއ. ގެމަނަފުށީގައި ހުއްޓަ އެވެ.ބިޝާރު ހައްޔަރުކޮށްފައިވާކަން ފުލުހުން ޔަގީންކޮށްދިން ނަމަވެސް އިތުރު މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ.ބިޝާރުގެ މައްޗަށް ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގި ކަމުގެ ދެ ދައުވާ އުފުލާފައިވެ އެވެ. ދައުލަތުން އެންމެ ފުރަތަމަ ދައުވާތައް ހުށަހެޅީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށެވެ. އެ ކޯޓުން އޭރު އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރި އެވެ. އެކަމަކު ބިޝާރު މާލޭ ޖަލުގައި ހުރުމާ ގުޅިގެން މައްސަލަ އޮންލައިންކޮށް ކުރިއަށް ގެންދަން ޖެހޭތީ، އެ މައްސަލަ ކްރިމިނަލް ކޯޓަށް ބަދަލުކޮށްދިނުމަށް އޭނާގެ ފަރާތުން އެދުނެވެ. އެހެންކަމުން އެ ކޯޓުން މައްސަލަ އަލުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާލުމަށްފަހު އޭނާ ބަންދުން ދޫކޮށްލަން އަމުރުކުރި އެވެ. އޭނާ ދޫކޮށްލުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ޑިސެމްބަރު 23، 2021 ގައި ހައި ކޯޓުން ވަނީ ޝަރީއަތުން ގޮތެއް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރިން ކޮށްފައިވާ އަމުރު ބާތިލުނުވެ، ދެމި އޮތް ކަމަށް ހުކުމްކޮށްފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.ބިޝާރަކީ މީގެ ކުރިން ވެސް ޖިނާއީ ބޮޑެތި ކުށްތަކެއްގައި ހައްޔަރުކޮށް ދައުވާކޮށްފައިވާ މީހެކެވެ. އެގޮތުން:ކެނަބިސް ޓްރެފިކް ކުރި މައްސަލައެއް ސާބިތުވެ 29 ޖޫން 2016ގައި 100،000ރ.އިން ޖޫރިމަނާކޮށް އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރި  އެ މައްސަލައިގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދި 2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ނެގުމަށް ވެސް ހުކުމް ކުރި ނަމަވެސް އެ މައްސަލައިގައި އޭނާ އާއި އެހެން މީހެއްގެ މައްޗަށް އިއްވި އުމުރު ދުވަހުގެ ޖަލު ހުކުމް ހައި ކޯޓުން ވަނީ 2018ގައި ބާތިލް ކޮށްފައި؛ އަދި ދައުލަތަށް ނެގި ފައިސާ ވެސް އަނބުރާ ދޭން އެންގިއޭނާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއެއް ވެސް އުފުލާފައިވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ