ލޯކަލް ކައުންސިލް އިންތިހާބު އަވަސްކުރުމަށް ގޮވާލައި އިދިކޮޅުން މުޒާހަރާކޮށްފި

ލޯކަލް ކައުންސިލް އިންތިހާބު އަވަސް ކުރުމަށް ގޮވާލައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މުޒާހަރާކޮށްފިއެވެ.
އެ ކޯލިޝަނުގެ ބައެއް އިސް ފަރާތްތަކާއި އާންމުން ވަނީ މިއަދު މެންދުރު އިލެކްޝަންސް ކޮމިޝަނުގެ އޮފީސް ކައިރިއަށް އެއްވެ އިންތިހާބު އަވަސްކުރުމަށް ގޮވާލާފައެވެ. އަދި އެކަމަށް ގޮވާލާ ޕޯސްޓަރުތަކާއި ބެނާ ތަކާއި އެކު އަމީނީ މަގުގައި ހިނގާލުމެއްވެސް ބާއްވާފައިވެއެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް އެންމެ ފުރަތަމަ ތާވަލް ކުރީ 2020 ވަނަ އަހަރުގެ އޭޕްރިލް މަސް ތެރޭގައެވެ. އެހެން ނަމަވެސް ކޮވިޑު-19 އާއި ގުޅިގެން އިންތިހާބު ފަސް ކުރުމަށް ނިންމުނެވެ. އަދި އެކަމާއި ބެހޭ ހާއްސަ ޤާނޫނެއްވެސް ވަނީ ފާސްކުރިވިފައެވެ. އެ ޤާނޫނުގެ ދަށުން އިންތިހާބު ބާއްވަން ޖެހެނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އައުމުންނެވެ.
އެހެން ނަމަވެސް އެ ޤާނޫނަށް ވެސް މިހާރު އިސްލާހު ގެނެސް، އިންތިހާބު މި އަހަރުގެ އޭޕްރިލް މަސް ތެރޭ އިންތިހާބު ބާއްވާނެ ކަމަށް އިލެކްޝަންސް އިން ވަނީ ބުނެފައެވެ.
އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި އިންތިހާބު ބާއްވާ ދުވަސް ލަސްކުރަނީ ސަރުކާރަށް ތާއީދު ނެތުމުންނެވެ. އިދިކޮޅު ބައެއް ލީޑަރުން ވިދާޅުވަ ގޮތުގައި މިއަހަރު ތެރޭގައިވެސް އިންތިހާބު ބާއްވާނެ ކަމުގެ އުންމީދެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ