އެންއައިސީގެ ރައީސަކަށް، ޚިޔާނާތް ފަޅާއަރުވާލި ގާސިމް

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއީސީ)ގެ ރައީސަކަށް، އެމްއެމްޕީއާރުސީގެ ޚިޔާނާތް ފަޅާއަރުވާލި ގާސިމް އަބްދުލްކަރީމް ހަމަޖައްސައިފި އެވެ.
ގާސިމްއާ އެކު އެންއައިސީއަށް ހަތަރު ބޭފުޅަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އައްޔަންކުރައްވައިފަ އެވެ. މި ހަތަރު ބޭފުޅުން އައްޔަން ކުރެއްވުމާ ހަމައަށް އެންއައިސީގައި ހުންނެވީ އެންމެ މެމްބަރެކެވެ.
އެ ކޮމިޝަންގެ މަސްއޫލިއްޔަތުގެ ތެރޭގައި ފުލުހުންނާ ގުޅޭ މައްސަލަތައް ތަހުގީގުކޮށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުން ހިމެނެ އެވެ. ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ނަމުގައި 2008 ވަނަ އަހަރު އުފެއްދި އެ ކޮމިޝަން، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ނަމަށް ބަދަލުކޮށްފައިވަނީ 2016 ވަނަ އަހަރު އެވެ. ފުލުހުންނާ ގުޅޭ ވަކިވަކި މައްސަލަތައް ތަހުގީގުކުރާ މި ކޮމިޝަނުން ޒިންމާއަދާނުކުރާ ކަމުގެ މައްސަލަތަކެއް ފެންމަތިވެ މަޖިލީހުގެ ކޮމިޓީން ވެސް ބެލި އެވެ.
Bodu hiyaanaai falhaa eruvuneethee fahuruverivey: Gasim
Mihaaru
އެންއައިސީގެ ރައީސަކަށް އައްޔަންކުރި އެމްއެމްޕީއާރުސީގެ ފައިސާ އިން ހިޔާނާތް ހިންގާކަން އޭނާ ފަޅާއަރުވާލީ، ބޭންކް އޮފް މޯލްޑިވްސްގައި ވަޒީފާ އަދާކުރަމުންނެވެ. މި މައްސަލައިގައި ގާސިމަށް ޖަލު ހުކުމެއް އަ އެވެ. އޭނާ ބުނިގޮތުގައި، ހިޔާނާތުގެ ހެކިތައް އޭނާ އާއްމުކުރީ، ގައުމާއި ރައްޔިތުންގެ ހައްގުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ