އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު ކިމް ސޫ-ހިޔުން އެނބުރި އަތުވެއްޖެ

ދެކުނު ކޮރެއާގެ މަޝްހޫރު އެކްޓަރު ކިމް ސޫ-ހިޔުން، އެއް އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު އާ އިޝްތިހާރު ކެމްޕޭނަކާއެކު އަލުން ފެންނަން ފަށައިފި އެވެ.
ފިލިޕީންސްގެ އެންމެ ބޮޑު އަންނައުނާއި ލައިފްސްޓައިލް ރީޓެއިލް ޗެއިން ކަމަށްވާ "ބެންޗް" ގެ މޮޑެލްއެއްގެ ގޮތުގައި ކިމް މަސައްކަތް ކުރަމުންދާކަން އެ ކުންފުނީގެ ބާނީ ބެން ޗޭން ވަނީ ޖުލައި 14 ވަނަ ދުވަހު އިންސްޓަގްރާމް މެދުވެރިކޮށް ހާމަކޮށްފަ އެވެ.
Enterprise Development Industrial Pvt Ltd
MU STORE
Enterprise Development Industrial Pvt Ltd
MU STORE
Yes Maldives Pvt Ltd
ބެންޗްގެ އިޝްތިހާރު ޝޫޓިންގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކުރަމުން ޗޭން ވަނީ ކިމް ޓެގްކޮށް، އޭނާ އަލުން "ބެންޗް އާއިލާ" އާ ގުޅިފައިވާ ކަމަށް ބުނެފަ އެވެ.
ކިމް ސޫ-ހިޔުން ވެސް ވަނީ ފަހުން އެ ފޮޓޯތައް އޭނާގެ އަމިއްލަ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފަ އެވެ.
ބެންޗްގެ މައި ކުންފުނި ކަމަށްވާ ސޫޔެން ކޯޕަރޭޝަންގެ ކްރިއޭޓިވް ޑައިރެކްޓަރު މިގޭލް ޕާސްޓޯ ވަނީ ޖުލައި 15 ވަނަ ދުވަހު ކިމްއާއެކު ނަގާފައިވާ ކުރު ވީޑިއޯއެއް އާންމުކޮށްފަ އެވެ.
ކިމް އަލުން މަސައްކަތަށް އެނބުރި އަންނާނެކަން އޭނާގެ އެޖެންސީ ކަމަށްވާ "ގޯލްޑް މެޑަލިސްޓް" އިން ވަނީ ޖޫން 5 ވަނަ ދުވަހު ހާމަކޮށްފަ އެވެ. އެ އެޖެންސީން އޭރު ބުނެފައިވަނީ ކިމް ބެންޗްގެ އިޝްތިހާރަކާއި ފޮޓޯ ޝޫޓެއްގައި ބައިވެރިވާނެ ކަމަށެވެ.
ކިމް އާންމުންގެ ކުރިމައްޗަށް ނުގޮސް އެކަހެރިވީ، މަރުވެފައިވާ އެކްޓްރެސް ކިމް ސައޭ-ރޮން ކުޑަކުއްޖެއްގެ ގޮތުގައި ހުރިއިރު އޭނާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް ބުނެ 2025 ވަނަ އަހަރުގެ މާޗް މަހު ކުރެވުނު ތުހުމަތުތަކާ ގުޅިގެންނެވެ.
ނަމަވެސް ކިމް ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އޭނާ ބުނެފައިވަނީ އެ ދެމީހުންގެ މެދުގައި ގުޅުން އުފެދުނީ ސައޭ-ރޮންގެ އުމުރުން 18 އަހަރު ފުރި، ގާނޫނީ ގޮތުން ބޮޑު މީހަކަށް ވީ ފަހުން ކަމަށެވެ.
ޔޫޓިއުބް ޗެނަލެއް ކަމަށްވާ "ހޯވާލެބް" ގެ ވެރިޔާ ކިމް ސޭ-އުއި ކުރި އެ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށް ފުލުހުން ވަނީ މިދިޔަ މޭ މަހު ނިންމާފަ އެވެ. އެއާއެކު، ކިމް ސޫ-ހިޔުން ވަނީ އޭނާގެ އަބުރަށް އަރައިގަތް ކަމަށް ބުނެ ސޭ-އުއި އާ ދެކޮޅަށް ދައުވާ އުފުލާފަ އެވެ.
މަޝްހޫރު ޑްރާމާ "ކުއީން އޮފް ޓިއާސް" އިން ފެނިގެންދިޔަ ތަރި ކިމްއާ ދެކޮޅަށް، އައުޓްޑޯ ބްރޭންޑެއް ކަމަށްވާ "އައިޑާ" އިން ވެސް ވަނީ ދައުވާކޮށްފަ އެވެ. އެ ކުންފުނިން ބުނެފައިވަނީ ކިމްއާ ގުޅޭ ގޮތުން ފެތުރުނު އެ ހަބަރުތަކުގެ ސަބަބުން ކުންފުނީގެ ބްރޭންޑް އަގަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.
މި މައްސަލައިގައި ޖުލައި 8 ވަނަ ދުވަހު ކޯޓުން ލަފާދީފައިވަނީ، ބްރޭންޑާއި ކިމްގެ އެޖެންސީއާ ދެމެދު ވާހަކަދައްކައިގެން ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ