ވީއައިއޭ އިން ކަރަންޓު ކެނޑި، ދަތިތަކާ ކުރިމަތިވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ކަރަންޓު ގޮސް، ދަތިތަކާ ދިމާވެއްޖެ އެވެ.
ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖަރު ހަސަން އަރީފު ވަނީ އެއާޕޯޓުން ކަރަންޓު ކެނޑިފައިވާކަން ކަށަވަރުކޮށްދީފަ އެވެ. އަދި އެކަން ހިނގި ގޮތް ބަލަމުން އަންނަ ކަމަށް ހަސަން ވިދާޅުވި އެވެ.
ވީއައިއޭ އިން ކަރަންޓު ގޮސްފައިވާއިރު، މިހާރު ގިނަ އަދަދެއްގެ ފަސިންޖަރުން އެއާޕޯޓުގައި އެބަތިއްބެވެ. އަދި މި އަދަދަކީ ވެސް އެއާޕޯޓަށް ބާރު ބޮޑު ދުވަހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ