އިންޓަ ސްކޫލް ވޮލީ މުބާރާތް: 16 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ވ. އަތޮޅު ތައުލީމީ މަރުކަޒަށް

ދަރުމަވަންތަ ސްކޫލްގެ މައްޗަށް ހަތަރު ސެޓުން ކާމިޔާބު ހޯދައި އިންޓަ ސްކޫލް 16 އަހަރުން ދަށުގެ ވޮލީބޯޅަ ޗެމްޕިއަންކަން ވ. އަތޮޅު ތައުލީމީ މަރުކަޒު ހޯދައިފި އެވެ. މިރޭ ސޯޝަލް ސެންޓަރު އެތެރޭ ކޯޓްގައި ކުޅުނު މެޗްގެ ފުރަތަމަ ސެޓް ތައުލީމީ މަރުކަޒުން ކާމިޔާބު ކުރީ 25-17 އިންނެވެ. އަދި ދެ ވަނަ ސެޓް 25-12 ކާމިޔާބު ކުރިއިރު ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓް ކަމިޔާބު ކުރީ 25-15 އިންނެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށްފަހު "ސަން"އަށް ދިން އިންޓަވިއުގައި ވ. އަތޮޅު ތައުލީމީ މަރުކަޒުގެ ކޯޗް މުޙައްމަދު ޝިހާމް ބުނީ ޓީމް މުބާރާތަށް ތައްޔަރުވާން ލިބުނީ ކުޑަ ދުވަސްކޮޅެއް ކަމަށާއި ނަމަވެސް މުބާރާތް ކާމިޔާބު ކުރުމުން ހިތްހަމަޖެހޭ ކަަމަށެވެ. ސިހާމް ބުނީ މުބާރަތަށް ތައްޔާރުވުން ލަސްވެގެން ދިޔައީ މާލީ ގޮތުން ކުރިމަތިވި ދަތިތަކުގެ ސަބަބުން ކަމަށާއި އެ މައްސަލަ ކުރިމަތި ނުވިނަމަ މުބާރާތުގެ އެހެން އުމުރުފުރާ ތަކުގައި ވެސް ޓީމުތައް ބައިވެރިކުރެވުނީސް ކަމަށެވެ. ޝިހާމް ވަނީ 16 އަހަރުން ދަށުގެ އިވެންޓުގެ އެންމެ މޮޅު ކޯޗްގެ އެވޯޑް ހޯދައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ