ރިޔާސީ ބަޔާން އިއްވުން ޤާނޫނު އަސާސީން ލާޒިމްކުރޭ: ރައީސް

މިއުސަމް އައްބާސް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ޒިންމާދާރުބައެއްކަމަށް ދެކިވަޑައިގަންނަވާކަމަށާއި ރައްޔިތުންގެ މަޖިލިސް ހުޅުވާދުވަހު ރިޔާސީ ބަޔާން އިއްވުމަކީ ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމްކުރާކަމަކަށްވުމުން އެދުވަހު ރިޔާސީ ބަޔާން އިއްވަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
އައްޑޫއަށާއި ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅަށްފަހު މާލެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު މިހެން ވިދާޅުވެފައިމިވަނީ ރައްޔިތުންގެ މަޖިލިސް ހުޅުވާދުވަހު މަޖިލީހުގައި ރިޔާސީ ބަޔާން އިއްވުމަށް ރައީސް ވަހީދަށް ފުރުސަތު ނުދެއްވާނެކަމަށް އެމްޑީޕީން ބުނެފައިވަނިކޮށެވެ. މިއަދު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ރައީސްވަހީދުވަނީ ރާއްޖޭގެ ބައެއް ކައުންސިލްތަކުން މިހާރުގެ ސަރުކާރަށް އެއްބާރުލުން ނުދޭކަމަށްވިދާޅުވެ، ކައުންސިލްތަކުން ސަރުކާރަށް އެއްބާރުލުން ދިނުމަށްވެސް ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ