ރާއްޖެ ޓީވީގައި ހުޅުޖެހުމާގުޅިގެން ހޯދާ ބައެއްގެ ވީޑިއޯ ނެރެފި

ރާއްޖެ ޓީވީއަށާއި ރާއްޖެ ޓީވީ ހިންގާ އިމާރާތުގައި ހުޅުޖަހައި ގެއްލުންދުން ހާދިސާއާ ގުޅިގެން ފުލުހުން ބަޔަކު ހޯދަން ފަށައި ވީޑިއޯއެއް އާންމުކޮށްފި އެވެ.
ފުލުހުން ބުނީ އާންމުކުރި ވީޑިއޯގައި ފެންނަ މީހުންނަކީ މިދިއަ ހޯމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ރާއްޖެ ޓީވީއަށާއި ރާއްޖެ ޓީވީ ހިންގާ ބީކޭޓީ ބިލްޑިންގައި އަލިފާން ރޯކޮށްލި މައްސަލައިގެ ތުހުމަތުވާތީ ހޯދަމުން އަންނަ މީހުން ކަމަށެވެ.
ފުލުހުން އާންމުކުރި ވީޑިއޯއިން ފެންނަނީ ތިން މީހަކު އިސްލާމިކް ބޭންކް ހިމެނޭ ސަރަހައްދުގައި މޫނު ފޮރުވުމަށް ހުދު ފޮތީގެ މާސްކް އަޅައި ތައްޔާރުވެގެން ނައްޓާލާ މަންޒަރާއި އެކެއްގެ މޫނު އެޅުވުމަށް އެހީތެރިވެދީ ހަދާތަނަވެ. އޭގެ ތެރެއިން ދެމީހަކު ދަނީ ސައިކަލެއްގަ އެވެ. އަނެނަކު ދަނީ ހިނގާފަ އެވެ.
ފުލުހުން ބުނީ އެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ މައުލޫމާތު ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓާ ހިއްސާ ކުރުމަށެވެ. އެމީހުންނާބެހޭ މައުލޫމާތު ހިއްސާކުރާ ފަރާތްތަކަށް ރައްކާތެރިކަން ދޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ