ހަވީރު ޕޯލް: ސަރުކާރު "ފެއިލް"
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް 100 ދުވަސް މިއަދު ފުރުނު އިރު، ސަރުކާރުގެ މަސައްކަތްތައް "ފެއިލް"ވެފައިވާ ކަމަށް ގިނަ ބަޔަކު ދެކޭ ކަމަށް ހަވީރު އޮންލައިނުން ނެގި ހިޔާލު ހޯދުމަކުން އެނގިއްޖެ އެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ޕޯލްގައި ޖުމްލަ 5،992 ވޯޓު ލިބުނު އިރު 52.7 ޕަސެންޓް މީހުން ސަރުކާރަށް ދިނީ "އެފް" ރިޕޯޓެކެވެ. "އޭ (ވަރަށް ރަނގަޅު)"، "ބީ (ރަނގަޅު)"، "ސީ (ފުދޭ ވަރެއްވޭ)"، "ޑީ (ގޯސް)" އަދި "އެފް (ފެއިލް)" ރިޕޯޓު ދެވޭ ގޮތަށް ހުޅުވާލި ޕޯލްގައި ދެވަނަ އަށް އެންމެ ގިނަ ބަޔަކު ސަރުކާރަށް ދިނީ "އޭ" ރިޕޯޓެކެވެ. އެއީ ވޯޓު ދިން މީހުންގެ 21.4 ޕަސެންޓެވެ. ހަވީރުގެ ޕޯލްގައި ވޯޓު ދިން ގޮތް ދައްކުވައިދޭ ޗާޓެއް ޕޯލްގައި ބައިވެރިވި މީހުންގެ ތެރެއިން 9.3 ޕަސެންޓް މީހުން ސަރުކާރަށް "ބީ" ރިޕޯޓް ދިން އިރު، ނުވަ ޕަސެންޓް މީހުން "ސީ" ރިޕޯޓް ދީފައިވެ އެވެ. އަދި 7.6 ޕަސެންޓް މީހުން ސަރުކާރަށް ދީފައި ވަނީ "ޑީ" ރިޕޯޓެކެވެ. މި ޕޯލްގައި ބަލާފައި ވަނީ ވަކި ވަކި މިނިސްޓްރީތަކުގެ ބަދަލުގައި މުޅި ސަރުކާރުގެ ހިންގުމާއި ނަތީޖާ ހާސިލްކުރެވުނު މިންވަރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ