ސެނެގާލްގެ ބޮޑުވަޒީރުގެ މަގާމުން އުސްމާން ސޮންކޯ ވަކިކުރިތާ ދެ ދުވަސް ފަހުން، އެގައުމުގެ ޕާލިމަންޓުގެ ރައީސް އަލް މާލިކް އެންޑިއާޔޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޕާލިމަންޓުގެ ރައީސް އިސްތިއުފާ ދެއްވުމާ އެކު، ބޮޑުވަޒީރުކަމުން ވަކިކުރި ސޮންކޯއަށް މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލުމުގެ މަގު މިހާރު ވަނީ ހުޅުވިފައެވެ. ސޮންކޯ ނިސްބަތްވާ ޕާސްޓެފް ޕާޓީއަކީ ސެނެގާލްގެ ޕާލިމަންޓުގެ ބޮޑު އަގުލަބިއްޔަތެއް އޮންނަ ޕާޓީއެވެ.
ވެރިކަންކުރާ ޕާޓީން 2024 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބުކުރީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކޮށް، ދަރަނިން ސަލާމަތްވުމަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމުގެ ވައުދާ އެކުގައެވެ. ނަމަވެސް ވޭތުވެދިޔަ މަސްތަކުގައި ރައީސާއި ބޮޑުވަޒީރާ ދެމެދު އުފެދުނު ކޯޅުންތަކުގެ ސަބަބުން ސަރުކާރުގެ ހިންގުން ވަނީ ބުރޫއަރާފައެވެ.
ސެނެގާލްގެ ސިޔާސީ މަސްރަޙު ގޯސްވެ، ޕާލިމަންޓުގެ ރައީސް އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ