ޕީޕިއެމްގެ ޕްރައިމަރީގައި ވާދަ ކުރައްވާ ބަލިވެވަޑައިގެންނެވި އުމަރު ނަސީރު ރޭ ޖަލްސާއެއް ބާއްވާ ފާޑުކީ މައްސަލާގައި މައާފަށް އެދެން އަންގައިފިއެވެ.
ޕީޕީއެމް ކައުންސިލުން މިއަދު ބޭއްވި ކުއްލި ބައްދަލުވުމާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެޕާޓީގެ ތަރުޖަމާނު އަހުމަދު މަހުލޫފު ވިދާޅުވީ އުމަރު ރޭ ޖަލްސާއެއް ބާއްވާފައިވަނީ ކައުންސިލުގެ ނިންމުމައި ހިލާފަށް އެގޮތަށް އަމަލު ނުކުރަން ރައީސް މައުމޫނު ވެސް އަންގަވާފައި ވަނިކޮށް ކަމަށެވެ. އަދި އުމަރުގެ އެއަމަލަކީ ޕާޓީ ބައިބައިކޮށްލަން ހިންގި އަމަލެއް ކަމަށް ވެސް މަހުލޫފު ވިދާޅުވިއެވެ.
ކައުންސިލުން ނިންމާފައިވަނީ އުމަރު މައާފަށް އެދެން ޖެހެނީ މިރޭގެ ޖަލްސާގެ ކުރިން ކަމަށެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން އުމަރު ނަސީރު ވިދާޅުވީ އެފަދަ އެންގުމެއް ރަސްމީކޮށް އަންގާފައި ނުވާ ކަމަށެވެ. އަދި ރަސްމީކޮށް އެންގުމުން ގޮތެއް ނިންމަވާނެ ކަމަށެވެ.
އުމަރުގެ ޓީމުންވަނީ އެޓީމުގެ ނިންމުން ބަދަލު ނުކުރާނެ ކަމަށް ވެސް ބުނެފައެވެ.
އަދި އެޕާޓީން މިރޭ ބާއްވާ ޖަލްސާގައި ވެސް ބައިވެރި ނުވާން ނިންމާފައެވެ. މަހުލޫފު ވިދާޅުވީ ޖަލްސާ ބާއްވާ ފާޑު ކިޔާފައިވަނީ އެކަން ނުކުރަން ކައުންސިލުން ނިންމާ އެގޮތަށް އުމަރު އެއްބަސްވެވަޑައިގެންނެވުމަށްފަހު ކަމަށެވެ.
އުމަރު މައާފަށް އެދުމަށް ޕީޕީއެމް ކައުންސިލުން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ