ޕިއްޒާ ބޯނާ ހަވީރު ބަދިގެ: ލެމަން ގްރާސް އިންފިއުސްޑް ބީފް ކޮފްތާ

ލެމަން ގްރާސް އިންފިއުސްޑް ބީފް ކޮފްތާ ބޭނުންވާތަކެތި 200ގ މިންސްޑް ބީފް 1 ސަމުސާ މިންޓް ލީވްސް 1 ސަމުސާ ކެރެޓް (ކުދިކޮށް ކޮށާފައި) 2 ސަމުސާ ޕާން ކުނޑި 1 ބިސް ކަރީ ޕައުޑަރ މޭޝްޑް ފޮޓޭޓޯ 5 ސަމުސާ ފްރެޝް ކްރީމް 2 ސަމުސާ ބަޓަރ 1 ސަމުސާ ފިޔާ (ކުދިކޮށް ކޮށާފައި) 1 ސަމުސާ ލޮނުމެދު (ކުދިކޮށް ކޮށާފައި) 2/1 ސައިސަމުސާ އަސޭމިރުސް 2/1 ސައިސަމުސާ ލޮނު ތެޔޮ ލެމަން ގްރާސް ބީފް ގްރިލް ކުރާނެ ގޮތް ލެމަން ގްރާސް ތުނިކޮށް ފޮތިކޮށްލާށެވެ. މިންސްޑް ބީފް ތެރެއަށް މިންޓްލީވްސް، ކެރެޓް، ޕާން ކުނޑި، ލޮނުމެދު، ފިޔާ، ލޮނު، އަސޭމިރުސް އަދި ބިސް އަޅާލުމަށް ފަހު ރަނގަޅަށް މޮޑެލާށެވެ. ލެމަންގްރާސްގެ ބޭރުގައި މޮޑެފައި ހުރި ބީފްކޮޅު ހަރުކޮށްލުމަށް ފަހު ކުޑަ ތެޔޮފޮދެއްގައި ފްރައިކޮށްލާށެވެ. * ބޭނުން ނަމަ ބާބަކިއު ގޮތަށް އިލޮށި ވެސް ޖެހިދާނެ އެވެ. ސޯސް ތައްޔާރު ކުރާނެ ގޮތް ކުޑަ ބަޓަރުކޮޅެއްގައި ފިޔާ އަދި ލޮނުމެދު މީރު ކޮށްލުމަށްފަހު ހަވާދު، ފްރެޝް ކްރީމް، ލޮނު އަދި އަސޭމިރުސް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން ބީފްކޮޅު ތައްޔާރުކުރި ސޯސްގަނޑާ އެއްކޮށްލާށެވެ. ތައްޔާރުކުރި ބީފްގެ މައްޗަށް ސޯސްކޮޅު އަޅައި މޭޝްޑް ޕޮޓޭޓޯ އާ އެކު ސާވްކޮށްލާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ