ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ގދ. ރަތަފަންދޫ އަށާއި އެއަތޮޅު ފަރެސްމާތޮޑާއަށް މިއަދު ވަޑައިގެންފި އެވެ.
ރަތަފަންދޫއަށް ގާސިމް އިބްރާހިމް ވަޑައިގަތުމުން އެރަށުގެ ރައްޔިތުންވަނީ އެ މަނިކުފާނަށާއި ޓީމަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. އަދި ޖޭޕީގެ މެނިފެސްޓޯއާށް ޚިޔާލު ހޯއްދަވަން ގާސިމް އެރަށަށް ވަޑައިގެންނެވީތީ އެރަށުގެ ރައްޔިތުން ވަނީ ގާސިމަށް ޝުކުރު އަދާކޮށްފަ އެވެ.
މިއަދު ގާސިމް ވަނީރަތަފަންދޫގެ ކައުންސިލަރުންނާއި ބައްދަލްކުރައްވާ ރަށުގެ ހާލަތު އޮޅުންފިލުއްވާ އެމަނިކުފާނުގެ ސިޔާސަތުތައް ހާމަކުރައްވާފަ އެވެ. މިބައްދަލް ކުރެއްވުމުގައި ކައުންސިލްތައް ހަރުދަނާކުރުމަށް ކުރެވެންހުރި ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވެވި އެވެ.
މީގެ އިތުރުން ރަތަފަންދޫގެ ސިއްހީ މަރުކަޒަށާއި ސްކޫލަށް ވަޑައިގެން ހާލަތު ބައްލަވާލައްވައި އެރަށުގެ ގިރާ ސަރަހައްދުވެސް ބައްލަވައިލެއްވި އެވެ.
ގާސިމް މިއަދު ފަރެސްމާތޮޑާއަށް އަށް ވަޑައިގަތުމުން ވެސް އެމަނިކުފާނުގެ ޓީމަށް ހޫނު މަރުހަބާއެއް ދެންނެވި އެވެ. އަދި އެރަށުގައި ހުންނަ ސަރުކާރުގެ އިދާރާތަކަށް ވަޑައިގަތުމުގެ އިތުރުން އެރަށުގެ ރައްޔިތުންނާ ބައްދަލް ކުރައްވާ ޖޭޕީގެ މެނިފެސްޓޯއަށް ޚިޔާލުހޯއްދެވި އެވެ.
ދެކުނުގެ ރަށްތަކައް ގާސިމް އިބްރާހިމް ކުރައްވާ ދަތުރުފުޅުގަ މިއަދު ހަވީރު ގދ. ފިޔޯރީ އަށް ވަޑައިގަންނަވާނެ އެވެ. އަދި މިރޭ ފިޔޯރީގައި ބާއްވާ ޖުމްހޫރީ ޕާޓީގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
ރަތަފަންދޫ އަށާއި ފަރެސް މާތޮޑާއަށް ގާސިމް ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ