ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި

18:50ސުޕްރީމް ކޯޓްގެ ބެންޗުގައި ހިމެނުމަށް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ހަ ބޭފުޅުން ވެސް ކޮމެޓީން ފާސްކޮށްފި އެވެ.އުއްތަމަ ފަނޑިޔާރުގެ އިތުރަށް އެ ބެންޗުގައި ހިމެނުމަށް ހުށަހަޅާފައިވާ ހަ ބޭފުޅުންނަކީ އިންތިގާލީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި ހައިކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ހައިކޯޓުގެ ފަނޑިޔާރު އާދަމް މުހަންމަދާއި އިންތިގާލީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ގާނޫނީ ވަކީލު މުއައްތަސިމް އަދުނާނު އަދި ރައްޔިތުންގެ މަޖިލީހުގެ ކައުންސެލާ ޖެނެރަލް ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.ސަންއެފްއެމް އޮންލައިނަށް ކަށަވަރުވެފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރަކަށް ސަރުކާރުން ހުށަހަޅަނީ ސުޕްރީމް ކޯޓުގެ މިހާރުގެ ވެސް ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ