އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުން އެ ކޮމިޝަންގެ މެންބަރު އަހުމަދު ޝަކީލް އިސްތިއުފާ ދެއްވައިފިއެވެ.
މިއަދުގެ ވަގުތެއްގައި ޝަކީލަށް ވަނީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވައިފައެވެ.
މީގެ ކުރިން އެ ކޮމިޝަންގެ ރައީސްއަކަށް ހުންނެވި އަހުމަދު ސުލެއިމާން ވެސް ވަނީ އެކޮމިޝަނުން އިސްތިއުފާ ދެއްވައިފަ އެވެ. ފަހުން އޭނާއަށް ވަނީ އިންޓަގްރިޓީ ކޮމިޝަންގެ މެންބަރަކަށް ރައީސް އައްޔަން ކުރައްވައިފަ އެވެ.
ސުލެއިމާންގެ ބަދަލުގައި އީސީގެ ރައީސްކަމަށް ހަމަޖެއްސީ ފެނަކަ ކޯޕަރޭޝަންގެ އެމްޑީއަކަށް ހުންނެވި، އަހުމަދު ޝަރީފެވެ.
އިލެކްޝަންސް ކޮމިޝަނުން އަންނަނީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންއެވެ.
އީސީގެ ކުރީގެ މެމްބަރު ޝަކީލު ސްޓޭޓް މިނިސްޓަރުކަމަށް އައްޔަނުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ