ފިނޭންސް މިނިސްޓަރަކަށް ޓެކްސް ކޮމިޝަނަރު ޒަރީރު އައްޔަން ކުރައްވައިފި ދަރަނި ދައްކަންވާނީ ރައްޔިތުން ނިކަމެތި ނުކޮށް، ޓެކްސް ބޭސް ފުޅާކޮށްގެން: ނަޝީދު ސަރުކާރުން އައު ޕޮޑްކާސްޓް ސިލްސިލާ “ދަ ޕަލްސް” އިފްތިތާހުކޮށްފި ޔާމީން، މުއިއްޒު އަށް:މީޑިއާ ކުށްވެރި

އަމިއްލައަށް އިސްނަގައިގެން މިނިސްޓްރީތަކާއި ރައީސް އޮފީހުން މައުލޫމާތު އާންމުކުރުމަކީ (ޕްރޯއެކްޓިވް ޑިސްކްލޯޒާ)، ސަރުކާރު ޖަވާބުދާރީކުރުވުމަށާއި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރިއެރުވުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ (އާރުޓީއައި) ދަށުން އިދާރާތަކުން އަމިއްލައަށް އިސްނަގައިގެން ހާމަކުރަންޖެހޭ މައުލޫމާތު ދިނުމުގައި ރައީސް އޮފީހާއި ސަރުކާރުގެ 16 މިނިސްޓްރީއަކުން ވަނީ 100 ޕަސެންޓުގެ ކާމިޔާބީއެއް ހާސިލުކޮށްފައެވެ. މިއީ 2014 ވަނަ އަހަރު އާރުޓީއައި ގާނޫނަށް އަމަލުކުރަން ފެށި ފަހުން، ސަރުކާރުގެ ހުރިހާ މިނިސްޓްރީއަކުންނާއި ރައީސް އޮފީހުން މި މައުލޫމާތުތައް މިހާ ފުރިހަމައަށް އާންމުކުރި ފުރަތަމަ ފަހަރެވެ.
މި ކާމިޔާބީއާ ގުޅިގެން ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ހުރިހާ އިދާރާއަކުން 100 ޕަސެންޓް މައުލޫމާތު ހާމަކުރި ފަހަރު ކަމަށެވެ. އެގޮތުން ކުރިން އާންމުންނަށް ނުލިބޭ ބައެއް މައުލޫމާތުތައް މިހާރު ފަސޭހައިން ލިބޭނެ މަގު ފަހިވެފައިވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ކުރިއަށް އޮތް ތަނުގައިވެސް ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް އާންމުންނަށް ސަރުކާރުގެ މައުލޫމާތު ލިބޭނެ ގޮތްތައް ފުޅާކޮށް، ސަރުކާރުގެ ނިންމުންތަކުގައި މަދަނީ ބައިވެރިވުން އިތުރުކުރައްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި އެވެ.
އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވި ގޮތުގައި، މީގެ ކުރިން ސަރުކާރުތަކުން އަމިއްލައަށް އިސްނަގައިގެން މައުލޫމާތު ހާމަކުރަމުންދިޔަ އެވްރެޖަކީ އެންމެ 34 ޕަސެންޓެވެ. ފާއިތުވި އަހަރުގެ މެއި މަހުން ފެށިގެން މި އަހަރުގެ މެއި 1 ގެ ނިޔަލަށް ޖުމްލަ 288 އާރުޓީއައި ހުށަހެޅިފައިވެ އެވެ. މީގެ ތެރެއިން 233 އާރުޓީއައި އަކަށް މިހާތަނަށް ސަރުކާރުން ވަނީ ޖަވާބުދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ