ފިނޭންސް މިނިސްޓަރުގެ މަގާމުން މޫސާ ޒަމީރު އިސްތިއުފާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ނޫން ކަމަށާއި، އެއީ އެމަނިކުފާނުގެ ސިއްހީ ހާލަތު ހުރި ގޮތުން ނިންމެވި ނިންމެވުމެއް ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ޒަމީރު މަގާމުން އިސްތިއުފާ ދެއްވީ ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން ކަމަށެވެ. އަދި ބައެއް ފަރާތްތަކުން އެމަނިކުފާނު އިސްތިއުފާ ދެއްވީ ރައީސް އަންގަވައިގެން ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މުންދު ހާމަކުރެއްވި ގޮތުގައި، މިދިޔަ އަހަރުގެ ފަހުކޮޅު ވެސް ޒަމީރުގެ ސިއްހީ ހާލުކޮޅު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާދީފައިވެއެވެ. އޭރުވެސް މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސްގެ އަރިހުން އެދިވަޑައިގަތް ނަމަވެސް، އޭރު މަގާމުގައި މަޑުކުރެއްވީ ގައުމުގެ މާލީ ހާލަތު ހުރި ގޮތުން ގިނަ މަސައްކަތްތަކެއް ނިންމަވަން ހުރުމުންނެވެ.
މި ސަރުކާރު ފެށުނީއްސުރެ ވަޒީރުކަމުގެ މަގާމުގައި ހުންނެވި ޒަމީރުގެ ދައުރުގައި ރާއްޖޭގެ މާލީ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވެއެވެ. އޭގެ ތެރޭގައި އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދަރަންޏާއި، އިންޑިއާގެ މަރުކަޒީ ބޭންކް (އާރުބީއައި) އިން ނެގި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ދައްކާ ހަލާސްކުރުމާއި 500 މިލިއަން ޑޮލަރުގެ ސްކޫކް ދައްކައި ހަލާސްކުރުން ހިމެނެއެވެ. މީގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗު ރޭޓިންސް އިން ރާއްޖޭގެ ރޭޓިން ‘CC’ އިން ‘CCC-’ އަށް ވަނީ މަތިކޮށްދީފައެވެ.
ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަންގެ މަގާމަށް މުހައްމަދު ހުސައިން ޝަރީފް މަގުބޫލު ލިޔުންތައް ނާކާމިޔާބީގެ ތެރެއިން ފެނުނު ސާބިތުކަން: ސޮޑާގެ ސިޔާސީ ހިތްވަރު! އައްޑޫގެ މަގުތައް ގަރާޖުތަކުގެ ބަޔަކަށް, ކަމާއި ބެހޭ އިދާރާތައް ‘ލޯމަރާލައިގެން’ ގެއްލުނު އިޓަލީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ