އެއްވެސް ހަމަނުޖެހުމެއް ނެތި 32 ދާއިރާއެއްގެ ޕްރައިމަރީ ނިންމާލެވުމުން ރާއްޖޭގަ މިވަގުތު އޮތް އެންމެ ޑިމޮކްރެޓިކް ޕާޓީއަކީ ޕީޕީއެމް ކަން ސާބިތުވެގެން ހިނގަޖެއްކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ 32 ދާއިރާއެއްގެ ޕްރައިމަރީ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު އެއްވެސް ހަމަނުޖެހުމަކާއި ނުލާއި ކުރިއަށް ގެންދެވުމާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ރާއްޖޭގަ އޮތް އެންމެ ޑިމޮކްރެޓިކް ޕާޓީއަކީ ޕީޕީއެމް ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވާއިރު ރާއްޖޭގަ މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށްވާ އެމްޑީޕީން މިދިޔަ މަހުގެ 24 ގައި ބޭއްވި ޕްރައިމަރީގައި ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާ ވޯޓް ފޮށި އަދި ވޯޓް ކަރުދާސް ވެސް އަންދާލާފައެވެ.
މަޖިލިސް އިންތިހާބުގައި ޕީޕީއެމުން ވާދަ ކުރާ 50 ދާއިރާގެ ތެރެއިން ޕްރައިމަރީ ބާއްވާފައި ވަނީ 32 ދާއިރާއެއްގަ އެވެ. އަނެއް 18 ދާއިރާގެ ޓިކެޓް ދީފައިވަނީ ޕްރައިމަރީ އަކާ ނުލާއެވެ. ޕްރައިމަރީއަކާ ނުލާ ޓިކެޓް ދިން ބޭފުޅުންގެ ތެރޭގައި މިހާރުވެސް މެމްބަރުކަން ކުރައްވަމުން ގެންދަވާ މެމްބަރުން ހިމެނިވަޑައިގަންނަވައެވެ.
ރާއްޖޭގަ އޮތް އެންމެ ޑިމޮކްރެޓިކް ޕާޓީއަކީ ޕީޕީއެމް – މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ