ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަކީ އެންމެން އިތުބާރު ކުރާ “ހީރޯއެއް” ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
@nazim7878 is a hero we all trust.
— Umar Naseer (@UmarNaseerPPM) January 18, 2015
ހޯމް މިނިސްޓަރު މިހެން ވިދާޅުވީ ދާދި ދެންމެ ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި ހަމައެކަނި ވިދާޅުވެފައިވަނީ ނާޒިމް އަކީ އެންމެން އިތުބާރު ކުރާ ހީރޯއެއް ކަމަށެވެ.
ހޯމް މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު ރޭގެ ދަންވަރު ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ މިނިސްޓަރު ނާޒިމްގެ އެޕާޓްމެންޓަށްވަދެ އެތަން ބަލައި ފާސްކޮށްފަ އެވެ.
އަދި ފާސްކުރަން ހޯދި ކޯޓު އަމުރުގައި ހަތިޔާރާއި ގޮވާތަކެތި ހުރިކަމުގެ ތުހުމަތުގައި ކަމަށް ބުނެފައިވާކަމަށް ބައެއް މީޑިއާތަކުން ބުނެފައިވާއިރު ފުލުހުން މިއަދު ބުނެފައިވަނީ ރޭ ބަލައި ފާސްކުރި ދެ އެޕާޓްމެންޓް ކުރެ ކޮންމެވެސް އެއް އެޕާޓްމެންޓަކުން ފުލުހުންގެ ތަހުގީގަށް ބޭނުންވާ ތަކެތި ފެނިފައިވާކަމަށެވެ.
މިނިސްޓަރު ނާޒިމް އަކީ އެންމެން އިތުބާރު ކުރާ ހީރޯއެއް: އުމަރު ނަސީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ