އެބޭފުޅާއަކީ ގާސިމް އިބްރާހިމް ނަމަ ހުރިހާ ރިސޯޓްތަކެއް ބަންދުނުކޮށް، ޕްރައިވެޓް އައިލެންޑްގެ ގޮތުގައި ދުނިޔޭގެ މުއްސަނދިންނަށް ދޭނެ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިފަދައިން ވިދާޅުވީ ރޭ ސަންގު ޓީވީއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ޖާބިރު ވިދާޅުވީ، އެބޭފުޅާ އިންޑަސްޓްރީގެ ވަރަށް އިސް ބޭފުޅުންނާ ވާހަކަ ދައްކަވައިފި ކަމަށާއި އޭގެ ތެރޭގައި ސަން ޓްރެވަލްސް ޝިޔާމްވެސް ހިމެނި ވަޑައިގަންނަވާ ކަމަށެވެ. ޝިޔާމް އަށް ރިސޯޓްތައް ބަންދު ނުކުރެއްވުމަށް މަޝްވަރާ އެރުއްވި ކަން ފާހަގަކުރައްވާ ޖާބިރު ވިދާޅުވީ، ޕްރައިވެޓް އައިލެންޑުގެ ގޮތުގައާއި މުއްސަނދިންނަށް ސޭފް އައިލެންޑްސްގެ ގޮތުގައި އެތަންތަން ދޭން ވިދާޅުވި ކަމަށެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި ކޯވިޑް 19 ވަރަށް ހަލުވިކަމާއިއެކު ފެތުރެމުންމިދާ ދަނޑިވަޅުގައި، ޓޫރިޒަމް ރީބައުންޑް ކުރުމަށްޓަކައި ދުނިޔޭގެ ބޮޑެތި މުއްސަނދިންނަށް ޕްރައިވެޓް އައިލެންޑުގެ ގޮތުގައި، ރާއްޖޭގެ ޓޫރިޒަމް އަލުން މާކެޓުކޮށް ރީ ޑިޒައިންކުރަން އެބޭފުޅާއަށް ފެނިވަޑައިގަންނަވާ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
މިހާލަތުގައި ހަމައެކަނި ޓޫރިޒަމް ސެކްޓަރ އަށް ބަރޯސާނުވެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސެކްޓަރ ފުޅާ ކުރުމަކީ ވެސް މުހިންމު ކަމެއް ކަމަށް ޖާބިރު ފާހަގަކުރެއްވިއެވެ.
    
    އަޅުގަނޑަކީ ގާސިމް ނަމަ ރިސޯޓްތައް ބަންދުނުކޮށް މުއްސަނދިންނަށް ދޭނީ: ޖާބިރު
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
            