ހަތަރު ރިސޯޓާއި ފަނަރަ ސަފާރީއަކުން މީހުން ފޭބުމުގެ ހުއްދަ ދީފީ

އެންމެ ފަހު ފަތުރުވެރިޔާ ފުރިތާ 14 ދުވަސް ވުމުން 4 ރިސޯޓަކުންނާއި 15 ސަފާރީއަކުން މީހުން ފޭބުމުގެ ހުއްދަ އެޗްޕީއޭ އިންދީފިއެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ރިސޯޓްތަކާއި ރަށްރަށާ ދެމެދު ދަތުރު ކުރުން ވަނީ މަނާކޮށްފައެވެ. އަދި މުވައްޒަފުންނަށް ރިސޯޓްތަކުން ފޭބޭނީ އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ހަމަވުމުން ކަމަށް ވަނީ ކަނޑައަޅައިފައެވެ.
ކަރަންޓީން ފެސިލިޓީތަކުގައި ތިބި މީހުންގެ ތެރެއިން ދެ ދުވަސް ތެރޭގައި 73 މީހުންވެސް ވަނީ ދޫކޮށްލައިފައވާކަމަށް ކޮވިޑް 19 އާގުޅޭ މަޢުލޫމާތު ދެއްވުމަށް ކަނޑައަޅައިފައިވާ ތަރުޖަމާނު މަބްރޫކް ޢަބަދުލް ޢަޒީޒު ވިދާޅުވިއެވެ. އަދި މިއަދު ސާމްޕަލް ނެގި 187 މީހުންނާއި ސާމްޕަލް ނަގުމުގެ މަސައްކަތްކުރަމުންދާ 43 މީހުންގެ ނަތިޖާ ނެގެޓިވް ވެއްޖެނަމަ އެމީހުންވެސް ދޫކޮށްލުމުގެ ކަންކަން ކުރިއަށް ގެންދެވޭނެކަމަށް މަބްރޫކް ވިދާޅުވިއެވެ. މިހާރު ކަރަންޓީންގައި ތިބީ 809 މީހުންނެވެ. އަދި އައިސޮލޭޝަންގައި ތިބީ 12 މީހުންނެވެ. މޮނިޓަރިންގ ހާލަތުގައި އޮތް ދެ ރސޯޓެއް ވެސް ވަނީ އާންމު ޙާލަތައް ގެނެވިފައިކަމަށް މަބްރޫކް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ