ސިވިލް ސަރވިސްގެ ބައެއް މުވައްޒަފުން ތިބެނީ އޮފީސް އޮފީހުގެ ފޯނުގެ ނަރު ނައްޓައިގެން – މެމްބަރު ހުސެއިން ޝަހީމް

ސިވިލް ސަރވިސްގެ ބައެއް މުވައްޒަފުން ސަރުކަރުގެ ޚިދްމަތްތައް ދިނުމަށް ދަތި ކުރާކަމަށާއި، ވަރަށް ގިނަ މުވައްޒަފުން އޮފީހުގެ ފޯންލައިންގެ ނަރުނައްޓައިގެން ޖެއްސުން ކުރުމުގެ ޢަމަލުތައް ހިންގާކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ވިދާޅުވެއްޖެއެވެ. އޭނާ މިމޭރުމުން ވާހަކަ ދައްކަވާފައިވަނީ ސަރުކާރުގެ ފަރާތުން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުންނެވެ. ހުސެއިން ވިދާޅުވީ މި އިޞްލާޙުތަކަކީ ވަރަށް މުހިއްމު އިޞްލާހު ތަކެއް ކަމަށާއި، މީގެ ސަބަބުން ފަހިކޮށްދޭ އެއްކަމަކީ ސިވިލްސަރވިސް ކޮމިޝަންގެ މެމްބަރުންގެ މާލީ ބަޔާންތައް ހާމަކުރެވުން ކަމަށެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުން ކުރައްވާ ކަންކަމަކީ ޤާނޫނާ އެއްގޮތަށް ކުރެވޭ ކަމަކަށް ނުވާނަމަ މަޖިލީހަށް ޙާޟިރު ކުރެވުންއެކަން ރަނގަޅު ކުރުމަށް ސުވާލުކޮށް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބޭކަމަށް އޭނާ ވިދާޅުވިއެވެ. ސިވިލް ސަރވިސްގެ ޚިދްމަތްތައް ދިނުމުގައި ހުރި ކަންބޮޑުވުންތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން އޭނާ ފާހަގަކުރެއްވި ފުރަތަމަ ނުކުތާއަކީ މުވައްޒަފުން ސަރުކާރަށް ޖެއްސުން ކުރާކަމެވެ."އެމްޑީޕީގެ ބައެއް ކޮމިޓީތަކަށް ހާޒިރުވެ ވަޑައިގަންނަވާ ދައުލަތުގެ ބައެއް މިނިސްޓަރުން އެވުޒާރާގެ ކަންކަން ދާގޮތާމެދު މެމްބަރުން ކަންބޮޑުވުން ފާޅުކުރީމާ އެބަ ވިދާޅުވޭ ކީއްތޯ ކުރާނީ. ސިވިލް ސަރވިސްގެ ތިބި މިވެނި މިވެނި ބޭފުޅުންނަކީ މިވެނި ބައެއްގެ މިވެނި ބައެކޭ. އެހެންވީމާ އެބަތިބެއޭ ފޯނު ނަރު ނައްޓައިގެން. ޢާއްމު ރައްޔިތުން ކަންކަން ސާފު ކުރުމަށްޓަކާ ގުޅަން ޢާއްމުކޮށް އިއުލާންކޮށްފަ އިންނަ ނަމްބަރަށް ދުވަހަކު ނުގުޅެއޭ. ނުގުޅިގެން ހުރެ ގޮސްބަލާއިރު ކައިރީގައި ހުރެގެން ގުޅާއިރުވެސް ފޯނު ރިންގެއް ނުވެއޭ." ހުސެއިން ވިދާޅުވިއެވެ. އަދި މިހިސާބަށް ކަންކަން ދާއިރު ސިވިލް ސަރވިސް ކޮމިޝަންގައި ތިއްބަވާ ވެރިންނަށް އެމައްސަލަ ހުށައެޅުނީމާވެސް އެކަމެއް ރަނގަޅު ކުރަން މަސައްކަތް ނުކުރާކަމަށް އޭނާ ވިދާޅުވިއެވެ.އަނެއް ނުކުތާއަކަށް އޭނާ ފާހަގަކުރެއްވީ ކިޔަވައިގެން ތިބި ބައެއްގެ މައްޗަށް ނުކިޔަވާ މަގުމަތީގައި އުޅެމުން ވަޒީފާތަކަށް ގޮސްތިބި ބަޔަކު އަމުރު ހިންގަން ތިބުމެވެ. "މިރާއްޖެއަކީ މިހާރު ޒުވާނުންގެ ބޮޑު އާބާދީއެއް. ހެސް ކިޔާފައި ކިޔަވައިގެން ބައިވަރު ޑިގްރީ ނަގައިގެން ތިބޭއިރުގައި މިމީހުންގެ މައްޗަށް އަމުރުކުރަން ތިބޭ މީހުންނަކީ މަގުތަކުގައި އުޅެފައި ތިބޭ މީހުން. އުޅެމުން އުޅެމުން ގޮސް އެތަނަށް ދެވިފައި ތިބޭ މީހުން. އެހެންވީމާ މަގުތަކުގައި އުޅެފައި ތިބި ބަޔަކު މިޒަމާނުގެ ވެސްޓަރން އެޑިއުކޭޝަން މީހުންނަށް އަމުރު ކުރަން ތިބީމާ ދެބަހުން އެއްބަހެއް ނޭނގޭ." އެހެން ކަމުން "މިބަޔަކު ލައިގެނެއް އަޅުގަނޑުމެންނަށް ސިވިލް ސަރވިސްއެއް ހަމަޔަކަށް ނޭޅުވޭނެ."ކަމަށް ހުސެއިން ވިދާޅުވިއެވެ.ހުސެއިން ވިދާޅުވީ ސަރުކާރުން މުސާރަދީފައި އޮފީސް އޮފީހުގައި ތިބޭ މީހުންނަކީ ވަކި ބަޔަކަށް ޖެއްސުން ކުރުމަށްޓަކައި، ވަކިރައީސުލްޖުމްހޫރިއްޔާއަކު ހުންނެވީތީ، ވަކި ބަޔަކު ކެބިނެޓުގައި ތިއްބެވީތީ ޖެއްސުން ކުރުމަށްޓަކައި، ޢާއްމު ރައްޔިތުންނާ އެސަރުކާރާ ޖެއްސުމަށްޓަކައި ފޯނުގެ ނަރު ނައްޓާލައިގެން ތިބޭ ހިސާބުގައި ތިއްބަވާ ބޭފުޅުން ކަމަށްވަންޏާ އެއީ ސިވިލް ސަރވިސް ކޮމިޝަނުން ބަލަންޖެހޭ މައްސަލައެއްކަމަށެވެ. އަދި އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ އެއޮފީހެއް ނުވަތަ ވުޒާރާއެއް ހިންގޭނެ ގޮތަށް އެހީތެރިކަން ދޭންޖެހޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.ކަންކަން ލަސްވުމާ ކަންކަން ނުކުރެވޭ ކަމުގެ ޝަކުވާއަކީ އެންމެންވެސް ކުރަމުންދާ ޝަކުވާއެއް ކަމަށާއި ލަސްވާ މައްސަލައަކީ ދިވެހިރާއްޖޭގެ ރައްޔިތުންވެސް ހިފަހައްޓަން ޖެހޭ އަޚްލާޤު ނުހިފަހައްޓާތީ ދިމާވެގެން އުޅޭ މައްސަލަ ކަމަށް އޭނާ ވިދާޅުވިއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ސިވިލް ސަރވަންޓެއް
ކަނޑައެޅިގެން ހަދާ ދޮގެއް.މީނަ އަމިއްލައަށް ތި ނަރު ނައްޓަނީ
REPLY
ވަރަށް ތެދު ވާހަކަ އެެއް ކަން ކަން ހިނގަނީ ތި ބީދައިން
REPLY
ސސ
އަލީ ހާޝިމުގެ އިލްމީ ޤާބިލް ކަމެއް އެގިފަކާ ނެތުމުން ސިދާ އެއްޗެއް ބުނެވެން ނެތަސް ކޮށްލަން ބޭނުންވާ ސުވާލަކީ މުޅި ރާއްޖެ ތަރައްޤީ ކުރުމަށާއި މާލެ ތަރައްޤީ ކޮށް ދިމާވެފައިވާ މައްސަލަ ހައްލު ކުރަން ގެންގުޅޭނެ މާލީ ސިޔާސަތަކީ ކޮބައިތޯ ؟ މިހާރުވެސް މާލެޔަށް ބަލާއިރު ހަދަމުންދާ އިމާރާތާއި ކުރިޔަށް މާލޭގައި އަޅަން ޕުލޭން ކުރިވިފައިވާ ޢިމާރާތްކޮށް ނިމޭއިރު މާލޭގެ މަގުތަ ކާއި މަގުގެގެ ކާނު ތަކާއި ޕޭމަންޓު ހަލާކުވެ އިންސާނުން ހިގާބިގާވެ ދުއްވާ އެއްޗެހި ދުއްވަންވެސް ނުކެރޭވަރުގެ ބިރުވެރިތަނަކަށް ވާކަން މިހާރުވެސް އެބަފެނޭ ކާނުތަކުން ފެންނުގޮސް ފެންހަރުލާ މަދިރި އާލާވެ ކުނިވަސް ދުވާ ޖަންކުޝަންތަކަށް ބަދަލްވެފައިވާއިރު މިކަންކަން ހައްލުކުރާނީ ކޮންގޮތަކަށް މާލީ ނިޒާމް ބައްޓަންކޮށްގެންތޯ ؟ ޓީވީ ޕޮރޮގުރާމެއްގައި ވިޔަސް މަނިކުފުގެ ވިސްނުން ހިއްސާކޮށްލަ ދިނުން އެދެން !
REPLY
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ