ނޫމަރާގެ އިންޖީނުގެ ކައިރިން މިނިކަށި ފެނިއްޖެ

ށ. ނޫމަރާގެ އިންޖީނުގެ ކައިރިން މިނިކަށި ފެނިއްޖެއެވެ.
މިފަހަރު ނޫމަރާއިން މިނިކަށި ފެނިފައި ވަނީ ސޯލާ ނެޓްވޯކް ކޮންޓެއިނަރ ބަހެއްޓުމަށް ބުޑު އެޅުމަށް ކޮންނަމުން ދަނިކޮށެވެ. މީގެ ކުރިންވެސް އެރަށު ތެރެއިން ވަނީ އެކި ފަހަރު މަތިން ގިނަ އަދަދަކަށް މިނިކަށި ހޯދާފައެވެ.
ނޫމަރާއިން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ، އެކަށިތައް ފެނިފައި ވަނީ އެރަށު އިންޖީނުގެ ކައިރިން ކަމަށެވެ. އަދި އެއީވެސް މީހުން ވަޅުލާފައި އޮތްތަނެއް ކަމަށާއި މީގެ ކުރިންވެސް މިނިކަށި ފެނިފައިވަނީ އެސަރަހައްދުން ކަމަށް އޭނާ ބުންޏެވެ.
މީގެ ކުރިން މިނި ކަށިތަކެއް ފެނިފައިވަނީ ނޫމަރާ ޞިއްޙީ މަރުކަޒާއި ސުކޫލާއި ދެމެދު ސޯލާ ޕެނަލްގެ ކޭބަލް އެޅުމަށް ވަޅު ކޮނުމުގެ މަސައްކަތް ކުރަމުން ދަނިކޮށްކަމަށް މަޢުލޫމާތު ލިބެއެވެ.
ނޫމަރާ އަކީ ރާއްޖޭގެ އެންމެ ކުޑަ އާބާދީ ހިމެނޭ އެއް ރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ