އެންމެ ކުޑަ އުޖޫރަ އަށް 8،000-10،000ރ. އާ ދެމެދު ކަނޑައަޅަން އުޅޭކަމުގެ އަޑުތައް އިވިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެވަރަށް ކަނޑައަޅައިފި ނަމަ އެބޭފުޅުން ހަލާކުވާނެ ކަމަށް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ މްހޫރީ ޕާޓީއަށް މެންބަރުންތަކެއް ސޮއިކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ރާއްޖެއަށް ނުއުފުލޭ ވަރުގެ ބުރައެއް އުފުލަން އުޅެގެން އިގްތިސޯދުގެ އިތުރުން އިޖުތިމާއީ ކަންކަންވެސް ފުނޑުފުނޑުވެގެންދާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެބަ އަޑު އަހަން 8،000 ރުފިޔާ އޭ 10،000 ރުފިޔާ އޭ ކަނޑައަޅަނީ. އަޅުގަނޑު ދަންނަވާނީ 8،000 ރުފިޔާ 10،000 ރުފިޔާ ހަދައިފިއްޔާ އަޅުގަނޑުމެން ހަލާކުވާނެ،" ގާސިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިނިމަމް ވޭޖުގެ ގޮތުގައި 8000 އާއި 10،000 ރުފިޔާ އާދެމެދުގެ އަދަދެއް ކަނޑައަޅަން ސަރުކާރުން ވިސްނަމުން އަންނަ ވާހަކަ އައްސަވާފައިވާ ކަމަށާއި، އެކަން އެގޮތަށް ކޮށްފިނަމަ އެއީ ރާއްޖޭގެ އިގްތިސޯދަށް ނުއުފުލޭ ވަރުގެ ބޮޑު ބުރައަކަށް ވެގެންދާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމަކީ ދުނިޔޭގެ ގިނަ ގައުމުތަކުން ކުރާ ކަމެއް ކަމަށާއި، އެހެންކަމުން އެ ގައުމުތަކުން އެކަން ކޮށްފައިވާ ގޮތް ބަލައި، ރާއްޖެއަށް އެންމެ ފައިދާވާނެ ގޮތަކަށް އެ މަސައްކަތް ރާވާލަން ޖެހޭ ކަމަށެވެ.
"ވަކި ސެކްޓަރަކަށް، ނުވަތަ ވަކި ފަރާތަކަށް ނުވަތަ ވަކި މީހަކަށް، މާ ބޮޑު ބުރަދަން އަންނަ ގޮތަކަށް ވަކި ސެކްޓަރެއްގަ މަސައްކަތް ކުރާ މީހުންގެ މިނިމަމް ވޭޖަކީ މިއީ އެޔޭ ކިޔައިގެން ކަނޑައަޅަން ފަށައިފިއްޔާ އެއޮތީ ގޯސްވެފައި. އެހިސާބުން ދެން މުޅި އިންޑަސްޓްރީ ހަލާކުވެގެން ދާނީ. ތަފާތު އިންޑަސްޓްރީތަކުގެ ވާހަކަ އަޅުގަނޑު މި ދެންނެވީ. އެއީ ޓޫރިޒަމް އިންޑަސްޓްރީ ވިޔަސް، މަސްވެރިކަމުގެ ސިނާއަތު ކަމުގައި ވިޔަސް ގެދޮރު އިމާރާތްކުރުން ކަމަށް ވިޔަސް އަދި އެހެން ކަމެއް ކަމަށް ވިޔަސް. އެއް އުސޫލެއް އޮންނަން ވާނީ. މިނިމަމް ވޭޖް އޮންނަން ވާނީ މިނިމަމް ވޭޖުގެ ގޮތުގައި،" ގާސިމް ވިދާޅުވިއެވެ.
މިނިމަމް ވޭޖް ކަނޑައަޅަން އުޅޭގޮތުން "ހަލާކުވެދާނެ" - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ