އިރުގެ ހަކަަތަ އިން އައްޑޫގައި ކަރަންޓް އުފައްދަން އިޓަލީގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން އައްޑޫގައި ކަރަންޓް އުފައްދަން ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ އެސްކޮޓް އިންޑަސްޓްރިއަލް އެސްއާރްއެލް އިންނެވެ.
އެކުންފުނީގެ ޓީމެއް އިއްޔެ ވަނީ އައްޑޫ ސިޓީ ކައުންސިލާ ވެސް ބައްދަލުކޮށްފަ އެވެ.
މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) މިއަދު ވިދާޅުވީ އެ ކުންފުނިން ކައުންސިލާ ބައްދަލު ކުރިީ އެ މީހުންގެ ޕްރޮޕޯސަލަށް ބޭނުންވާ މައުލޫމާތުތަކެއް ހޯދަން ކަމަށެވެ.
މޭޔަރު އަދި ވިދާޅުވީ އޭޑީބީން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުން، އައްޑޫގައި ތިމާވެއްޓާ ރައްޓެހި ނިޒާމެއްގެ ދަށުން ބޮޑު ނިސްބަތަކުން ކަރަންޓް އުފެެއްދޭނެ ކަމަށެވެ. އަދި އޭގެ ސަބަބުން ތެލަށް ބަރޯސާވާން ޖެހޭ މިންވަރު ކުޑަވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭޑީބީން އައްޑޫގެ އިތުރުން ރާއްޖޭގެ އިތުރު ހަތަރު ރަށެއްގައި މި މަޝްރޫއު ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ.
އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނެބަލް އެނާޖީ ޑިވެލޮޕްމަންޓްގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއުގެ ޕްރީބިޑް މީޓިން ވަނީ މި މަހުގެ 2 ވަނަ ދުވަހު މާލޭގައި ބާއްވައިފަ އެވެ. އެ ދުވަހު 14 ގައުމެެއްގެ 33 ކުންފުނި ބައިވެރި އެވެ.
މި މަޝްރޫއަށް ޕްރޮޕޯސަލް ހުށަހަޅަން ދީފައިވާ މުއްދަތު ހަމަވާނީ އަންނަ މަހުގެ 18 ވަނަ ދުވަހު އެވެ.
އައްޑޫގައި ކަރަންޓް އުފައްދަން އިޓަލީގެ އެސްކޮޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ