ހޯމް މިނިސްޓަރ އުމަރު، އެލްޖީއޭގެ ރައީސްގެ މަޤާމަށް!

ލޯކަލް ގަވަރމެންޓް އޮތޯރިޓީ އެލްޖީއޭގެ ބޯޑުގެ ރައީސްގެ މަޤާމަށް، އެ އޮތޯރިޓީއަށް ކެބިނެޓުން ހަމަޖައްަސަވާފައިވާ ވަޒީރު، ހޯމް މިނިސްޓަރ އުމަރު ނަސީރު އިންތިޚާބު ކޮށްފިއެވެ.
އުމަރު އެލްޖީއޭ ބޯޑުގެ ރައީސްގެ މަޤާމަށް އިންތިޚާބު ކޮށްފައި ވަނީ، މިއަދު ބާއްވާފައިވާ އެ އޮތޯރިޓީގެ ބޯޑުގެ ޖަލްސާގައެވެ. މިއީ، މިއަހަރު ބޭއްވި އެ އޮތޯރިޓީގެ ތިންވަނަ ޖަލްސާއެވެ.
ޢުމަރު އެ މަޤާމާށް އިންތިޚާބުވީ، މިއަދުގެ ޖަލްސާގައި ބައިވެރިވި ހަތް މެމްބަރުންގެ އިއްތިފާޤުންނެވެ.
މީގެ ކުރިން އެލްޖީއޭގެ ރައީސްގެ މަޤާމުގައި ހުންނެވީ، އެ ބޯޑަަށް ކެބިނެޓުން ކަނޑައަޅުއްވާފައި ހުންނެވި ވަޒީރު އަދި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ) މުހައްމަދު ނާޒިމްއެވެ. އެހެން ނަމަވެސް، ނާޒިމް މިނިސްޓަރުކަަމުން ވަކި ކުރެއްވުމާއި އެކު، އެލްޖީއޭގެ ރައީސްގެ މަޤާމާއި، އެ ބޯޑުގެ މެމްބަރެއްގެ މަޤާމު ވަނީ ހުސްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ