މަގުމަތިން ސަރުކާރު ބަދަލުކުރުމާއި ގާތައް ވެސް މީހުންނެއް ނާންނާނެ – އުމަރު

މަގުމަތިން ސަރުކާރު ބަދަލުކުރުމާއި ގާތައް ވެސް މާދަމާގެ މުޒާހަރާގައި މީހުން ބައިވެރިނުވާނެ ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ދިޓީވީގެ ޚަބަރު ތެރެއިން ޕްރޮގްރާމްގައި ވާހަދައްކަވަމުން ހޯމް މިނިސްޓަރ ވިދާޅުވީ މިސަރުކާރުގެ ވަޒީރުންނާއި ޕީޖީ ގްރޫޕް މެންބަރުންނަކީ ރައީސް ނަޝީދުގެ ސަރުކާރުގެ ގޮތައް "އާދެ ލައްބަ" ކިޔާނެ ކިޔައިގެން ތިބޭނެ ބައެއް ނޫން ކަމަށާއި މިސަރުކާރުން ރައީސް ނަޝީދު ހެއްދެވިހައި ގޯސްތަކެއް ނުހައްދަވާނެ "ހެދިޔަ ނުވެސް ދޭނަން." ކަމަށެވެ.
އުމަރު ވިދާޅުވީ ވެރިކަމެއް ބަދަލުކުރެވޭނީ ވެރިއަކަށް ހުންނަ މީހަކު ވަރަށް ގިނަ ގޯސްތަކެއް ހަދައިގެން ކަމަށާއި އެކަން ފެނުނީ ނަޝީދުގެ ވެރިކަމުން ކަމަށެވެ.
މުޒާހަރާގައި މާބައިވަރު މީހުން ބައިވެރިނުވާނެ ކަމަށް ވިދާޅުވި މިނިސްޓަރު ވިދާޅުވީ "މާދަމާގެ އެއްވުމަކީ މެދުފަންތީގެ އެއްވުމެއް 5000 ވަރު ވެދާނެ" ކަމަށެވެ.
"ރާއްޖެތެރެއިން 2000 ވަރަކަށް މީހުން މާލެ އިން 3000 ލައިގެން 5000 މީހުން" އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ