ނާޒިމް އަކީ އެންމެން އިތުބާރު ކުރާ ހީރޯ އެއް – އުމަރު

ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަކީ އެންމެން އިތުބާރުކުރާ "ހީރޯ" އެއް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ.
އުމަރު މިހެން ވިދާޅުވެފައިވާއިރު ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުން ވަނީ ޑިފެންސް މިނިސްޓަރު ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓަށް ވަދެއެތަން ބަލައި ފާސްކޮށްފަ އެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކޮމިޝަނަރ އޮފް ޕޮލިސްގެ ތަރުޖަމާނު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ އެ ގޭގެ އަށްވަނަ ފަންގިފިލާގައި ހުރި ދެ އެޕާޓްމެންޓެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި، އަދި އޭގެން އެއް އެޕާޓްމަންޓުގައި މިނިސްޓަރ ނާޒިމް ދިރިއުޅުއްވާކަން އެނގުމުން، އެޕާޓްމެންޓް ބަލައި ފާސްކުރުމުގެ މަސައްކަތް ކޮށްފައި ވަނީ މިނިސްޓަރ ނާޒިމްއަށް ދޭންޖެހޭ އިހްތިރާމާއި ޤަދަރާ އެކުގައި ކަމަށެވެ.
ފުލުހުން ވިދާޅުވީ، ދެ އެޕާޓްމެންޓުން އެއް އެޕާޓްމެންޓަކުން ފުލުހުންގެ ތަހްޤީޤަށް ބޭނުންވާ ބައެއް ތަކެތި ހޯދިފައިވާ ކަމަށެވެ. ނަމަވެސް މިތަކެތި ފެނިފައި ވަނީ މިނިސްޓަރ ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ނާޒިމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓަށް ފުލުހުން ވަދެ ބަލައި ފާސްކުރި ނަމަވެސް އެކަމުގެ ސަބަބުން އެއްވެސް ނުތަނަވަސް ކަމެއް ކުރިމަތިވެފައި ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ